ވައިގަދަވާނެ ކަމަށް ލަފާކޮށް ބޮޑު ސަރަހައްދަކަށް އެލާޓް ނެރެފި

ވައިގަދަވާނެ ކަމަށް ލަފާކޮށް ރާއްޖޭގެ ބޮޑު ސަރަހައްދަކަށް މޫސުމާބެހޭ ގައުމީ އިދާރާއިން ވައިޓު އެލާޓް ނެރެފިއެވެ.

މޫސުމާއި ބެހޭ ގައުމީ އިދާރާއިން ވައިޓް އެލާޓް ނެރެފައި ވަނީ ހދ.އަތޮޅުން ފެށިގެން ތ.އަތޮޅާއި ދެމެދުގެ ރައްތަކަށެވެ. ވައިޓު އެލާޓް ނެރެފައި ވަނީ މިރޭ ފަތިހު 05:45 އާއި ހަމައަށެވެ.

ނެރެފައިވާ ވައިޓު އެލާޓުގައި ބުނެފައިވަނީ، ހދ.އަތޮޅުން ފެށިގެން ތ.އަތޮޅާއި ދެމެދުގެ ރައްތަކަށް 22 މޭލާއި 27 މޭލާއި ދެމެދުގެ ބާރުމިނެއްގައި ވައި ޖެހޭނެ ކަމަށް ލަފާކުރެވޭ ކަމަށެވެ.

ކުރިއަށް އޮތް 24 ގަޑިއިރަށް މޫސުން ލަފާކޮށް މެޓް އޮފީހުން ބުނެފައިވަނީ، ދެކުނުގެ ބައެއް ރަށްތަކަށް ކެރީގެއަސަރު ފޯރިނަމަވެސް ރާއްޖޭގެ މޫސުން އާންމު ގޮތެއްގައި ރަނގަޅުވާނެކަމަށާއި، އިރުއުތުރާއި އިރުން، ދެކުނުގެ އަތޮޅުތަކަށް ގަޑިއަކު 5 މޭލާ 15 މޭލާ ދެމުދެގު ބާރުމިނުގައި އަދި އެހެންހިސާބުތަކަށް ގަޑިއަކު 10 މޭލާއި 18 މޭލާ ދެމެދުގެ ބާރުމިނުގައި ވައި ޖެހޭނެކަމަށް ލަފާކުރެވޭކަމަށެވެ.

އަދި ކަނޑުތައް ދެކުނުގައި އާދައިގެ ވަރަކަށް މަޑުވެފައި، އުތުރާއި މެދުތެރޭގައި ކަނޑުތައް އާދައިގެ ވަރަކަށް ގަދަވާނެކަމަށްލަފާ ކުރެވޭކަމަށްވެސް މެޓް އޮފީހުންވަނީ ވިދާޅުވެފައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ