މިރޭވެސް ރާއްޖޭގެ ބޮޑު ބަޔަކަށް ވައިޓް އެލާޓް ނެރެފިއެވެ.
ދިވެހިރާއްޖޭގެ މޫސުމާއި ބެހޭ ޤައުމީ އިދާރާއިން ވައިޓް އެލާޓް ނެރެފައިވަނީ ހއ. އަތޮޅުން ލ. އަތޮޅާއި ދެމެދުގެ ސަރަޙައްދަށެވެ.
މިއެލާޓްގައި ބުނެފައިވަނީ މިއަދު ހަވީރު 05:45 އިން ފެށިގެން މިރޭ 11:45 އާއިދެމެދު އެލާޓް ނެރެފައިވާ ސަރަހައްދަށް ޢާއްމުގޮތެއްގައި 23 މޭލާއި 29މޭލާއި ދެމެދުގެ ބާރުމިނެއްގައި ވައިޖެހޭނެ ކަމަށެވެ.
Alert White for average strong winds of 23 - 29 mph pic.twitter.com/zPM6ZvjgjR
— Maldives Meteorology (@MetMaldives) February 11, 2020
ކުރިއަށް އޮތް 24 ގަޑިއިރު ރާއްޖޭގެ ހުރިހާ ހިސާބަކަށްވެސް ވައި ގަދަވާނެކަމަށާއި، އިރުއުތުރާއި އިރުން، މެދުތެރެއާއި އުތުރުގެ އަތޮޅުތަކަށް ގަޑިއަކު 17 މޭލާއި 27 މޭލާ ދެމެދުގެ ބާރުމިނުގައި ވައި ޖެހޭނެކަމަށް ލަފާކުރެވޭކަމަށްވެސް މެޓް އޮފީހުން ވިދާޅުވިއެވެ.
އަދި ރާއްޖޭގެ ކަނޑުތައް ގަދަވާނެކަމަށާއި، ކަނޑުދަތުރު ކުރައްވާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށްވެސް މެޓްއޮފީހުންވަނީ އިލްތިމާސްކޮށްފައެވެ.



