"ސަތިިޔަމޭވް ޖަޔަތޭ 2" ގައި ޖޯން އަބްރަހަމް 3 ރޯލަކުން!

2018 ވަަނަ އަހަރު ރިލީޒްކުރި ހިންދީ ފިލްމް “ސަތިިޔަމޭވް ޖަޔަތޭ” ގެ ކާމިޔާބީއަށް ފަހު ފިލްމްގެ ދެވަނަ ބައެއް ގެނެސްދިނުމުގެ މަސައްކަތް މިހާރު ދަނީ ކުރެވެމުންނެވެ. މި ފިލްމްގެ ފުރަތަމަ ބަޔަށް ބެލުންތެރިންގެ ފަރާތުން ބޮޑު ތަރުޙީބެއް ލިބުނުއިރު، މިއީ ޖޯން އަބްރަހަމްގެ ފިލްމީ ކެރިއަރުގައިވެސް އެންމެ ބޮޑު ކާމިޔާބީއެއް ލިބުނު ފިލްމެވެ.

ޖޯން އަބްރަހަމް ލީޑު ރޯލުން ފެނިގެންދިޔަ މި ފިލްމަކީ ވަރަށް ތާފާތު ވާހަކައެއްގެ މައްޗަށް ބިނާކޮށް ގެނެސްދީފައިވާ މޮޅު ފިލްމެކެވެ. އަދި ދެވަނަ ބައިގެ ވާހަކަ ފުރަތަމަ ބަޔާއި ވަރަށް ތާފާތު ވާނެކަމަށް ފިލްމްގެ ޑައިރެކްޓަރު ބުނެފައިވާއިރު، ފިލްމްގެ ދެވެނަ ބައިން ޖޯން އަބްރަހަމްގެ 3 ރޯލެއް ފެނިގެންދާނެކަމަށް މީޑިއާގައި ވަނީ ޙަބަރުފެތުރިފައެވެ.

އެހެންނަމަވެސް މިއިން އެއްވެސް ވާހަކައެއް ފިލްމްގެ ޑައިރެކްޓަރު އަދި ޖޯން ވެސް ޔަގީންކޮށްދީފައެއް ނުވެއެވެ. އެހެންނަމަވެސް މިކަމާއި ގުޅޭގޮތުން އިންޓަވިއުއެއްގައި ކުރި ސުވާލަށް ސީދާ ޖަވާބެއް ޖޯން ދީފައެއްނުވެއެވެ. އޭނާ ބުނީ، ފިލްމްގެ ކެރެކްޓަރތައް އުފެއްދުމުގައި ޑައިރެކްޓަރު ދަނީ އަދިވެސް މަސައްކަތް ކުރަމުންކަމަށާއި، ފިލްމްގައި ޭނާ ލައްވާ އެހެން ރޯލުތައް ކުޅުމަށް ޑައިރެކްޓަރު ފަހަރެއްގައި ބޭނުންވެދާނެކަމަށެވެ.

ސަތިިޔަމޭވް ޖަޔަތޭ” ގެ ފުރަތަމަ ބައިގެ ވާހަކަ ބިނާވެފައިވަނީ، ފުލުހުންގެ ތެރޭގައި އޮންނަ ކޮރަޕްޝަންގެ މައްޗަށެވެ. އަދި ފިލްމްގެ ޓީމުން ހާމަކޮށްފައިވާގޮތުގައި، ފިލްމްގެ ދެވަނަ ބައިވެސް ފުރަތަމަ ބައެކޭ އެއްގޮތަށް ޝައުގުވެރިވާނެއެވެ.

މިފަހަރުގެ ފިލްމްގެ ލީޑު ބަތަލާއެއްގެ ގޮތުގައި ފެނިގެންދާނީ މި ފިލްމްގެ ޕްރޮޑިއުސަރ ބޫޝަން ކުމާރުގެ އަންހެނުން ޑިވްޔާ ކޯޝަލް ކުމާރެވެ. ޑިވްޔާ ވަނީ މީގެ ކުރިން ހިންދީ ފިލްމް “ޔާރިޔާން” ޑައިރެކްޓްވެސް ކޮށްދީފައެވެ.

“ސަތިިޔަމޭވް ޖަޔަތޭ 2” ރިލީޒްކުރާނީ 2020 ވަނަ އަހަރުގެ އޮކްޓޯބަރު 2 ގައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ