އުތުރުގެ ރަށެއްގައި ބިދޭސީއެއް އަންހެނަކަށް ޖިންސީ ފުރައްސާރަކޮށްފި

އުތުރުގެ ރަށެއްގައި ބިދޭސީއެއް އަންހެނަކަށް ޖިންސީ ފުރައްސާރަކުރި މައްސަލައެއް ފެންމަތިވެއްޖެއެވެ.

ފުލުހުން ވިދާޅުވީ، ނޯތް ޕޮލިސް ޑިވިޜަން (ނ، ރ، ބ އަދި ޅ އަތޮޅު ހިމެނޭ ޑިވިޜަން) ގެ ރަށެއްގައި ބިދޭސީ ފިރިހެނެއް އެރަށު 53 އަހަރުގެ އަންހެނެއް ދިރިއުޅެ ގެއަކަށް ވަދެ ޖިންސީ ފުރައްސާރަ ކުރި މައްސަލައެއް 2020 ފެބުރުވަރީ 12 ވަނަ ދުވަހު ފުލުހުންނަށް ހުށައެޅިފައިވާކަމަށެވެ.

މި ނޫހަށް މަޢުލޫމާތު ލިބިފައިވާ ގޮތުގައި މި ހާދިސާ ހިނގާފައިވަނީ ރ. އަތޮޅު ރަށެއްގައެވެ. އެމީހާއާއި ގުޅޭ އެހެން މައްސަލަތަކެއްވެސް މީގެ ކުރިން އެ ރަށުގެ ރައްޔިތުން ވަނީ ކައުންސިލަށް ހުށައަޅާފައެވެ.

ފުލުހުން ވިދާޅުވީ މި މައްސަލައާއި ގުޅިގެން 28 އަހަރުގެ ބިދޭސީ ފިރިހެނެއް ފުލުހުންގެ ބެލުމުގެ ދަށަށް ވަނީ ގެންގޮސްފައިކަމަށެވެ. މި މައްސަލަ ފުލުހުން ދަނީ ތަޙްޤީޤު ކުރަމުންނެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ