ރާއްޖެ ޓީވީގެ ފަށާއިރު ޕްރޮގްރާމްގައި ވާހަކަފުޅު ދައްކަވަމުން ޑީއާރްޕީގެ ލީޑަރު އަބްދުﷲ ޖާބިރު މިދިޔަ ބުދަ ދުވަހު ވިދާޅުވީ ރައީސް އިބްރާހިމް މުޙައްމަދު ޞޯލިހަކީ މިހާރު އޮޓްމެޓިކުން ޑީއާރްޕީގެ ޒައީމު ކަމަށެވެ.
ޖާބިރު ވިދާޅުވީ އޭރެއްގެ ރައީސަކަށް ހުންނަ މީހަކީ ޑީއާރްޕީގެ ޒައީމު ކަމަށެވެ. ރާއިސް ކަމުގައި ރައީސް ޞޯލިހު ހުންނަވާ ދުވަހަކު އެމަނިކުފާނަކީ ޑީއާރްޕީގެ ޒައީމު ކަމަށް ޖާބިރު ވިދާޅުވިއެވެ.
މިހެން ވިދާޅުވުމަށްފަހު ޖާބިރު ވަނީ އަނެއްކާ މިހެން ބުނުމުން ރައީސް ކޯފާ ވާނެތޯ ސުވާލު ކުރައްވާފައެވެ. އެހެންނަމަވެސް މިއީ ޑީއާރްޕީގައި އޮންނަ ގޮތްކަމަށް ޖާބިރު ވިދާޅުވިއެވެ.
ޖާބިރު ވިދާޅުވީ ކައުންސިލް އިންތިޚާބުގެ ހުރިހާ ގޮނޑި އަކަށް ޑީއާރްޕީން ވާދަކުރައްވާނެ ކަމަށް ޖާބިރު ވިދާޅުވިއެވެ. ޑީއާރްޕީން ކައުންސިލަށް ޓިކެޓް ދޭނީ ބަޖެޓާއި އެއްކޮށް ކަމަށްވެސް ޖާބިރު ވިދާޅުވިއެވެ. ޑީއާރްޕީން ޕްރައިމަރީ އެއް ނުބާއްވާނެ ކަމަށާއި އެހެން ޕާޓީ ތަކުގެ ޕްރައިމަރީން ފެއިލް ވެފައިވާ ފަރާތް ތަކަށް ވެސް ޑީއާރްޕީން ޓިކެޓު ދެއްވާނެ ކަމަށެވެ.
ޖާބިރު ވަނީ ޓޫރިޒަމް މިނިސްޓަރ އަލީ ވަހީދަށާއި ރައީސް މުޙައްމަދު ނަޝީދަށްވެސް ވަރަށް ބޮޑަށް ތައުރީފު ކުރައްވާފައެވެ. ޓޫރިޒަމް ދާއިރާގެ ވިޔަފާރިވެސް ކުރައްވާ ޖާބިރު ވިދާޅުވީ މިނިސްޓަރ އަލީ ވަހީދަކީ ވަރަށް ގާބިލު ބޭފުޅެއް ކަމަށެވެ.
ރައީސް ޔާމިނަކީ ކުއްވެރިއެއް ކަމަށާއި ހުންނަވަން ޖެހޭނީ ޖަލުގައި ކަމަށެވެ. ރައީސް ޔާމީނަކީ ރައްޓެއްސެއް ކަމަށާއި ރައީސް ޔާމީނަކީ ރައްޓެހި ކަމުގެ ހުރިހާ މަންފާއެއް ޔާމީނު ނަންގަވާ ކަމަށެވެ. އެހެންނަމަވެސް ސިޔާސީ ބޭފުޅެއްވީމައި ހެޔޮކަމެއް ކޮއްދިނުމުގެ ގޮތުން ދޫކޮށްލަން ގޮވަނީ ކަމަށެވެ.




