ކުޑަ ތިން ކުއްޖަކަށް ޖިންސީ ގޯނާކުރި މީހަކު ހައްޔަރުކޮށްފި

ކުޑަ ތިން ކުއްޖަކަށް ޖިންސީ ގޯނާކުރި މީހަކު ހައްޔަރުކޮށްފިއެވެ.

ފުލުހުން ވިދާޅުވީ، އުތުރުގެ ރަށެއްގައި 7 އަހަރާއި 10 އަހަރުގެ ދެ އަންހެން ކުދިންނަށާއި 13 އަހަރުގެ ފިރިހެން ކުއްޖަކަށް ޖިންސީ ގޯނާކުރި މައްސަލައެއް މިމަހުގެ 12 ވަނަ ދުވަހު ހުށަހެޅިފައިވާކަމަށެވެ.

އަދި މިމައްސަލައާއި ގުޅިގެން ކޯޓު އަމުރެއްގެ ދަށުން 30 އަހަރުގެ ފިރިހެނަކު މިއަދު ޙައްޔަރުކުރެވިފައިވާކަމަށްވެސް ފުލުހުން ވިދާޅުވިއެވެ.

ފުލުހުން ވިދާޅުވިގޮތުގައި މިމައްސަލާގައި ޙައްޔަރު ކުރެވުނު މިމީހާ، މިތިން ކުދިންނަށް ޖިންސީ ގޯނާކޮށްފައިވަނީ އެކި ދުވަސް މަތިންކަމަށެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ