ޒުވާން ޖީލު ފުން ކަނޑެއްގެ ތެރޭގައި ޣަރަގުވަމުންދަނީ ކޮން ކަނޑެއްގައި ކަމާމެދު ސުވާލު ކުރެވިއްޖެ ހިނދު މިއަދު އެއީ ބަރަވެލި ކަނޑެކޭ ނުބުނާނެއެވެ. ދޭސީންނާއި ބިދޭސީންވެސް މިއަދު ޣަރަބުވަމުންދަނީ "ޓިކް ޓޮކް" ގެ ހިޔާލީ ކަނޑަށް ކަމީ ޝައްކެއް ނެތް ކަމެކެވެ.
ޓިކް ޓޮކްގެ ނޭދެވޭ އަސަރު މުޖުތަމައުން ފެންނަން ފެށީ މިއަދަކު ނޫނެވެ. ނަމަވެސް ކުރަމުންދާ ނޭދެވޭ އަސަރު މިއަދު މިވަނީ އިން ފަހަނައަޅާ ގޮސް ދިވެހިރާއްޖޭގެ މައި އިސްލާމީ ބިނާ، އިސްލާމީ މަރުކަޒާ ހަމައަށް ފޯރާފައެވެ. މީސްމީޑިއާގައި ދައުރުވަމުންދާ ވީޑިއޯއިން އެކަން ކިތަންމެހާޥެސް ރަނގަޅަކަށް ހާމަވެއެވެ.
Bangaalhin vanee hahdhun nahtaafa. Islaamee marukazeh ehen thaneh vakinuvey. Mi sorumen maathiri kurey@Rawhoo_ @Lucasjalyl @etna295 pic.twitter.com/CtwMVKx1I7
— Mushil.Mansoor (@MansoorMushil) April 7, 2019
މި ވީޑިއޯއިން ފެންނަނީ، އިސްލާމީ މަރުކަޒުގެ ގޯތި ތެރޭގައި، ބަންގްލަދޭޝްގެ ތިން ފިރިހެނަކު، އެ ގައުމުގެ ބަހުން ކިޔާފައިވާ ލަވަޔަކަށް އެކްޓް ކޮށްފައިވާ ވީޑިއޯއެކެވެ. މި ވޯޑިއޯގައި އެކަކު އަނެކަކު ގައިގާ ބައްދާއިރު، އެމީހުން ފެންނަނީ ހަމައިން ނެއްޓިގެން އުޅޭފަދަ ގޮތަކަށެވެ.
މިފަހަރު ރޭގަނޑެއްގެ އިރާކޮޅުގެ ވަގުތު ބޭއަދަބީކޮށް ނަށާ، އިސްލާމީ މަރުކަޒު ގޯތި ތެރޭގައި ޓިކް ޓިކް ވީޑިއޯ ކުޅެފައި މިވަނީ ބިދޭސީން ތަކެކެވެ. މާދަމާ މިފަދަ ޢަމަލެއް ހިންގާނީ ދިވެހި ޒުވާނުންތަކެއް ނޫނޭ ބުނެވޭ ވަރަށްވުރެ "ޓިކް ޓޮކް" ގެ ޖާދޫގައި ދިވެހިން ތިބީ ބަނދަވިފައެވެ.
ހިޔާލު
ޗިޗަންޑާ 19 އިން ހުރިހާ އެންމެނަށްވެސް މިނިވަންކަން އޮންނާނެ ބޭނުންތާކު ބޭނުންކަމެއް ކުރުމުގެ. މިސްކިތެއް މަދަރުސާއެއް ނޯންނާނެ