ދީނާއި ޤައުމަށް ޚިދުމަތް ކުރުމުގައި ދެމި ހުންނަވާނެކަމަށް މަކުނުދޫ ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ މެންބަރު އަނާރާ ނައީމް ވިދާޅުވެއްޖެއެވެ.
އަނާރާ ނައީމް މިހެން ވިދާޅުވެފައި މިވަނީ ނިމިދިޔަ މަޖިލިސް އިންތިޚާބުގައި މަކުނުދޫ ދާއިރާއަށް ވާދަކުރައްވައި ނާކާމިޔާބުވެވަޑައިގެންފައި ވަނިކޮށެވެ.
އަނާރާ ނައީމް ދާދި ދެންމެ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، "އިސްލާމް ދީނުގެ ހައްޤުގައި މަސައްކަތްކޮށް، ޤައުމަށް ޚިދުމަތް ކުރުމުގައި ދެމިހުންނަވާނެ" ކަމަށެވެ.
Islaam Dheenuge hagguga masakkaykoh Qaumah khidhumay kurumuga alhugandu dhemihunnaanan. In sha Allah
— Anara Naeem (@AnaraNaeem) April 8, 2019
މަކުނުދޫ ދާއިރާގެ ގޮނޑި އަނާރާއަށް ދިފާއު ނުކުރެއްވުނުއިރު، އެ ދާއިރާއަށް ދެން ވާދަ ކުރައްވާފައިވަނީ އެމްޑީޕީއާއި ޕީއެންސީ އިންނެވެ. ގޮނޑި ކާމިޔާބު ނުކުރެއްވުނު ނަމަވެސް އަނާރާ ވަނީ ވަރަށް ކައިރިން ވާދަކުރައްވާފައެވެ.
ނިމިދިޔަ މަޖިލިސް އިންތިޚާބުގައި އަދާލަތު ޕާޓީގެ އެއްވެސް ކެންޑިޑޭޓަކަށް މަޖިލީހުގެ ގޮނޑި ކާމިޔާބު ކުރެއްވިފައި ނުވާއިރު، ވަގުތީ ނަތީޖާ ދައްކާގޮތުން 65 ގޮނޑި އެމްޑީޕީން ވަނީ ކާމިޔާބު ކުރައްވާފައެވެ.
ހިޔާލު
ރާއްޖެ އަށް އެތެރެ ކުރާ . ރަލާ އަދި އޫރު އެތެރެ ކޮއް ވިއްކަނީ ކާކުތޯ؟؟؟
ޕާޓީ ހަދައިގެން ވެރިކަމަށް ނާދެ ވުނީމާ ދެން ފެނުނީ ޖުރިސަރީ ހިސޯރު ކުރި ތަން ދެން ފެނުނީ ފައިސާ މާގިނަ މުއްސަނދި ސައުދާ ގަރެއް. މިހާ ބޮޑު މަހުޖަނެއް ރާއްޖޭގެ ނަމުގައި ވޯލްޑް ބޭންކުން ލާރި ނެގީ ދަރަންޏަށް
ކޮމެންޓް ކުރުން ބަންދު