ނިޔާވި މިދުހަތު - ފޮޓޯ: މީސްމީޑިއާ

ގަސްތުގައި އެކްސިޑެންޓް ކޮށްލި މިދުހަތު ނިޔާވެއްޖެ

މާލޭ ބުރުޒުމަގުން އިރުން ހުޅަނގަށް ދުއްވާފައި ދިޔަ ސައިކަލެއްގައި އެމަގުން އިރުން ހުޅަނގަށް ދުއްވާފައި ދިޔަ ސައިކަލަކުން ޖައްސައި އެކްސިޑެންޓް ކޮށްލުމުން، އެކަކު ނިޔާވެއްޖެއެވެ.

ރޭ 22:28 ހާއިރު ޕީޓްރަލް ކައިރީ ހިނގި މި ނުރައްކާތެރި އެކްސިޑެންޓްގައި ނިޔާވެފައިވަނީ މާލޭ، ހ.ބްލޫބާރޑްގޭ، އުމުރުން 26 އަހަރުގެ މުޙައްމަދު މިދުހަތްއެވެ.

މިދުހަތު ނިޔާވެފައިވަނީ އެކްސިޑެންޓްގައި ލިބުނު އަނިޔާތަކަށް އައިޖީއެމް ހޮސްޕިޓަލްގައި ފަރުވާދެމުން ދަނިކޮށް ރޭ މެންދަމު 01:45 ހާއިރު ކަމަށް ފުލުހުން ވިދާޅުވިއެވެ.

ފުލުހުން ވިދާޅުވީ، މި ހާދިސާ ހިނގާފައިވަނީ ގަސްތުގައި ސައިކަލުން ޖައްސާ އެކްސިޑެންޓް ކޮށްލުމުން ކަމަށެވެ. ނަމަވެސް ގަސްތުގައި އެކްސިޑެންޓް ކޮށްލީ ކާކުކަން ފުލުހުން ވިދާޅެއް ނުވެއެވެ. މިނޫހަށް އެނގިފައިވަނީ ގަސްތުގައި އެކްސިޑެންޓް ކޮށްލާފައިވަނީ ނިޔާވި މިދުހަތުއެވެ.

މި އެކްސިޑެންޓް ހިނގިއިރު އަނެއް ސައިކަލު ދުއްވަންހުރި 31 އަހަރުގެ ދިވެހި ފިރިހެން މީހާއަށާއި، ސައިކަލުގެ ފަހަތުގައި ހުރި 22 އަހަރުގެ ދިވެހި އަންހެން މީހާއަށްވެސް އެކިވަރުގެ އަނިޔާ ލިބިފައިވާއިރު، އަންހެން މީހާ ވަނީ އައިޖީއެމް ހޮސްޕިޓަލަށް އަދި ފިރިހެން މީހާ އޭޑީކޭ ހޮސްޕިޓަލަށް ގެންގޮސްފައެވެ.

ގަސްތުގައި އެކްސިޑެންޓް ކޮށްލުމުން ލިބުނު އަނިޔާގައި ނިޔާވި މިދުހަތުގެ މައްޗަށް ކުރެެވޭ ކަށުނަމާދު މިއަދު މެންދުރު ނަމާދަށްފަހު އާސަހަރާ މިސްކިތުގައި އޮންނާނެއެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ