މަޝްހޫރު ބޮލީވުޑްގެ ތަރި ސަލްމާން ޙާން ކޮންމެ އަހަރަކު ހުށައަޅައިދެމުން އަންނަ އިންޑިއާގެ އެންމެ ކާމިޔާބު ރިއަލިޓީ ޝޯ ބިގް ބޮސް ގެ މިފަހަރުގެ ޝޯ ސިދާތު ޝުކްލާ ކާމިޔާބްކޮށްފިއެވެ.
އޭނާއާއެކު ފައިނަލަށް ގޮސްފައިވާ 5 މީހުންއަކީ، އާސިމް، ރަޝްމީ، ޝެހެނާޒް، ޕާރަސް އަދި އާރްތީއެވެ. މީގެ ތެރެއިން ގަދަ ތިނަކަށް ހޮވިފައިވަނީ ޝެހެނާޒް، އާސިމް އަދި ސިއްދާތުއެވެ. މިތިން މީހުންގެ ތެރެއިން އާސިމް ސިއްދާތަށް ގަދަ ދެއަކަށް ހޮވުނު އިރު ބެލުންތެރިންގެ އެންމެ ގިނަ ވޯޓްލިބިގެން ޝީ ކާމިޔާބު ކުރީ ސިދާތް އެވެ.
ބިގް ބޮސް 13 ނިއްމާލާފައިވާއިރު، މި ޝޯ ކާމިޔާބުކުރި ސިދާތްއަށް ޝޯގެ ޓްރޮފީއާއެކު 40ލައްކަ ރުޕީސް ވަނީ ލިބިފައިވެއެވެ.
ބިގް ބޮސްއަކީ، އެއް މާހައުލެއްގައި ގިނަ ބައިވެރިންތަކެއް ހޭދަކުރާ ދުވަސްތައް ދައްކުވައިދޭ ރިއަލިޓީ ޝޯއެކެވެ. އެ މާހައުލުގައި ހޭދަކުރި ދުވަސްތަކުގައި އެންމެންގެ ހުރިހާ ސިފައެއް އާންމުންނަށް ފެންނާނެއެވެ.
އެގޮތުން ރުޅިއާއި، ލޯތްބާއި، އަޅާލުންމާއި، މިފަދަ އެތައް ކަމެއް ފެނި ބެލުންތެރިން އެމީހުންނަށް ކަމުދާ އެންމެ ރަނގަޅު ޝަހުސިއްޔަތެއް ޝޯގައި ހޮވާނެއެވެ.
މީގެ ކުރިން ބިގް ބޮސްއިން، މިހާރު ގެ މަޝްހޫރު ގިނަ ތަރިންތަކެއް ވަނީ ފެނިފައެވެ.



