ވިކީ ކޯޝަލް, ކެޓްރީނާ އާއި ޑޭޓް ކުރަނީތަ؟

ބޮލީވުޑްގެ މަޝްހޫރު ދެ ތަރިންކަމުގައިވާ ވިކީ ކޯޝަލް އާއި ކެޓްރީނާ ޑޭޓް ކުރާކަމަށް އަޑުތައް ފެތުރޭތާ މިހާރު ކުޑަ ދުވަސްކޮޅެއްވެއްޖެއެވެ.

އަޑުތައް ފެތުރިފައިވަނީ، ފަހަކަށް އައިސް މި ދެތެރިން އެކި ކަންކަމުގައި އެކުގައި ފެންނާތީއެވެ. އެހެންނަމަވެސް މި ވާހަކަތައް މި ދެ މީހުން އަދި ޔަޤީންކޮށްދީފައިނުވާއިރު، ދާދިފަހަކުން އިންޓަވިއުއެއްގައި މިކަމާއި ގުޅޭގޮތުން ވިކީ އަށް ސުވާލުކުރުމުން އެވާހަކައަށް އެއްބަހެއްވެސް އަދި ދެކޮޅު ހަދާފައެއްވެސް ނުވެއެވެ.

ކެޓްރީނާ އާއި ޑޭޓް ކުރަންތޯ އެހުމުން ވިކީ ބުނީ، އޭނަގެ ޕާރސަނަލް ލައިފް އާއި ބެހޭގޮތުން ވާހަކަދެއްކަން ބޭނުން ނުވާކަމަށާއި އަދި އެކަމާއި ގުޅޭގޮތުން ވާހަކަ ދައްކަން ބޭނުން ނުވާކަމަށެވެ. ސަބަބަކީ، އެކަމުން އެހެން އިތުރު ވާހަކަ ތައް ފެތުރުމާއި، ހަޤީގަތް ނެތް ވާހަކަތައް ދެއްކުމަށް އިތުރު ދޮރުތައް ހުޅުވިގެންދާނެތީކަމަށެވެ.

މި ދެ ތަރިން ޑޭޓް ކުރާކަމުގެ ޙަބަރުތައް އެންމެ ފުރަތަމަ ފެތުރެން ފެށީ މިދިޔަ އަހަރު ޑިވާލީ ޕާޓީއަކަށް އެމީހުން އެކުގައި އައުމުންނެވެ. އަދި އޭގެ ފަހުންވެސް، އެކި އެކި ޕާޓީ ތަކުގަޔާއި ޑިނާ ޑޭޓް ތަކުގައިވެސް ދެމީހުން އެކުގައި ފެންނަ ފޮޓޯތައް ވަނީ އާއްމުވެފައެވެ.

ވިކީ ކޯޝަލް ދެން އެންމެ އަވަހަށް ފެނިގެންދާނީ ބިރުވެރި ފިލްމް "ބޫތް" އިންނެވެ. މި ފިލްމަކީ ބިރުވެރި ހާދިސާއެއް ދައްކުވައިދޭ ފިލްމެކެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ