އިސްރާއީލުގެ ބޮޑު ވަޒީރު ބެންޖަމިން ނަތަންޔާހޫގެ މައްޗަށް އުފުލައިފައިވާ ކޮރަޕްޝަންގެ ދައުވާގެ ޝަރީއަތް މާޗުމަހުގެ 17 ވަނަ ދުވަހު ކުރިއަށް ގެންދާނެކަމަށް އިސްރާއިލުގެ ކޯޓަކުން ބުނެފިއެވެ.
ނަތަންޔާހޫގެ މައްޗަށް އުފުލާފައިވާ ކޮރަޕްޝަނުގެ ދައުވާތަކުގެ ތެރޭގައި ހިމެނެނީ، މަހުޖަނެއްގެ އަތުން ހަދިޔާތަކެއް ނެގި މައްސަލަ އަކާއި މީޑިއާގައި ނަތަންޔާހޫގެ މޫނުމަތި ރީތިކުރަން ބައެއް ކަންތައްތައް އަޑިއަޑިން ކޮށްދިނުމުގެ މައްސަލައެކެވެ.
ނަތަންޔާހޫ ވަނީ އޭނާގެ މައްޗަށް އުފުލި ދައުވާތައް ދޮގުކުރައްވައިފައެވެ. އަދި މި ދައުވާތަކަކީ ރާވައިގެން ހިންގާ ބަޣާވާތެއް ކަަމަށް ވިދާޅުވެފައެވެ.
އިސްރާއިލުގެ ގާނޫނު އަސާސީ ބުނާގޮތުން ބޮޑު ވަޒީރުކަންކުރާ ބޭފުޅަކު މަގާމުން އިސްތިއުފާދޭން ޖެހޭނީ ކުށެއް ސާބިތުވެ ހުކުމް އިއްވުމުންނެވެ.
އިސްރާއިލުން އެގައުމުގެ އާންމު އިންތިހާބު ބޭއްވުމަށް ހަމަޖެހިފައިވަނީ މާޗްމަހުގެ ދެވަނަ ދުވަހުއެވެ. މިއީ ބަރުލަމާނީ ނިިޒާމަށް ވެރިކަންކުރާ އިސްރާއީލުގައި އަހަރެއްގެ ތެރޭގައި ބާއްވާ ތިން ވަނަ އާންމު އިންތިޚާބެވެ. މިއީ އެއްއަހަރު ތެރޭގައި އިސްރާއީލުގައި ބާއްވާ ތިން ވަނަ އިންތިޚާބު ކަމަށްވާ އިރު ފުރަތަމަ އިންތިޚާބު ބޭއްވީ މި އަހަރުގެ މާޗު މަހު އެވެ. ދެވަނަ އިންތިޚާބު ބޭއްވީ މިދިޔަ ސެޕްޓެމްބަރު މަހުގެ ތެރޭގަ އެވެ.