ބ. ފުޅަދޫ – މޫދަށް އެރިލަން ހިތްގައިމު ރަށެއް!

އާބާދީގައި 400 އެއްހާ މީހުން ދިރިއުޅޭ ބ. ފުޅަދޫއަކީ ބ. އަތޮޅުން ދެވަނައަށް އެންމެ ކުޑަ ރަށެވެ. ފުޅަދޫގެ ގިނަ މީހުން ކާންބޯން ކުރާ މަސައްކަތަކީ ފާނައަށް ދިއުމެވެ. ރަށުގައި 04 ގެސްޓް ހައުސް ހުންނަ އިރު މި އަހަރު ތެރޭގައިވެސް އިތުރު 03 ގެސްޓް ހައުސް ހުޅުވާނެކަމަށް ލަފާކުރެވެއެވެ.

ރަށުގެ ޒުވާނުން ގެސްޓް ހައުސްތަކުގައި ވަޒިފާއަދާކުރަމުންދާއިރު ގިނަ ޒުވާނުން ވަޒީފާ އަދާކުރަނީ ކައިރި ރިސޯޓް ތަކުގައެވެ. ހިތްހެޔޮ އެކުވެރި ބައެއް ދިރިއުޅޭ ފުޅަދޫގެ އަންހެން ކަނބަލުން ފައިސާ ހޯދުމަށްޓަކައި ކުރާ މަސައްކަތަކީ ފަންގިވިޔުމެވެ.

ބ. ފުޅަދޫ ތުނޑި
ފޮޓޯ: ފުޅަދޫ މޯލްޑިވްސް / ފޭސްބްކު

ގެސްޓް ހައުސް ވިޔަފާރި ފުޅާވަމުން އަންނަ ފުޅަދޫއަކީ ފަތުރުވެރިންގެ މެދުގައި ހިތްގައިމު މަންޒިލެކެވެ. މިހާރު އަބަދުވެސް ފަތުރުވެރިން ޒިޔާރަތްކުރަމުންދާ ފުޅަދޫއަކީ 2017 ވަނަ އަހަރު ދުނިޔޭގެ އެންމެ ރީތި 50 ގޮޑުދޮށުގެ ތެރެއިން އެއް ގޮނޑުދޮށެކެވެ.

ރަށުގެ ވަށައިގެންވާ މޫދާއި ދޮންވެލިގަނޑުގެ ގުދުރަތީ ރީތިކަމަކީ އެކަމަކަށްޓަކައި ރަށުގެ ރައްޔިތުން ފަޚުރުވެރިވާ ކަމެކެވެ. މިރަށުގެ މޫދާއި ރަށުގެ ވަށައިގެންވާ ދޮންވެލިގަނޑު ސާފުކޮށް އޮތުމުގެ އެންމެ ބޮޑު ހެއްކަކީ ރަށުގެ ރައްޔިތުންގެ ބުރަމަސައްކަތެވެ. ރަށަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ އިތުރުން ދިވެހިންވެސް ޗުއްޓީ ހޭދަކޮށްލުމަށް ފުޅަދޫއަށް ޒިޔާރަތްކުރަމުންދާ ޢަދަދު ދުވަހެއް ދުވަހަކަށް ދަނީ އިތުރުވަމުންނެވެ.

ބ. ފުޅަދޫ ގޮނޑުދޮށް
ފޮޓޯ: ފުޅަދޫ މޯލްޑިވްސް / ފޭސްބުކް

ރަށުގައި ދެ ތުނޑި އޮންނަ އިރު ރަށުގެ ވަށައިގެންވާ ސާފު ރީތި މޫދަށް އިތުރު ފުރިހަމަކަމެއް ގެނެސްދެނީ އެކިއެކި ކުލަހިމެނޭ މުރަކައިގެ ރީތި ބަގީޗާއެވެ. މުރަކައިގެ ރީތި މިބަގީޗާއަށް ފުޅަދޫ މީހުން ދީފައިވާ ނަމަކީ "ރޯސް ގާޑަން" އެވެ. އަދި ފުޅަދޫ ކައިރިން ވިލުތެރެއިން ރާއްޖެއިން މަދުން ފެންނަ މަންތާ ( އެންމަޑި) އަބަދުވެސް ފެންނަމުންދާއިރު އާދައާއި ޚިލާފު ހިރި އަދި މުރަކަ ފަޅުރެތެރޭގައި ހެދިފައިވެއެވެ.

މީގެއިތުރުން މީގެ 400 އެއްހާ އަހަރުކުރިން ބަންޑުންޖަހާލާފައިވާ ފިރާޑުގެ ނައު އޮންނަ ސަރަޚައްދަކީ ފުޅަދޫގެ ފަޅުތެރޭގައިވާ އިންނަފުށި ކައިރީގައި އޮންނަ ހިމާޔަތްކުރެވިފައިވާ ސަރަޚައްދެކެވެ. މިސަރަޚައްދަށް ޑައިވިން އަށް ދިއުމަށްޓަކައި އެތައްބަޔަކު އަބަދުވެސް ފުޅަދޫއަށް ޒިޔާރަތްކުރަމުން ދެއެވެ.

ބ. ފުޅަދޫ ފަޅުތެރޭގައިވާ ރޯސް ގާޑަން
ޕޮޓޯ: އިއުފާ ރަޝީދު

 ޗުއްޓީއަކަށް ނުވަތަ ހަފްތާ ބަންދުގައި ޒިޔާރަތްކޮށްލަން އެންމެ ފުރިހަމަ ރަށަކީ  ބ. ފުޅަދޫއެވެ. ރަށުގެ ގުދުރަތީ ރީތިކަމުން ހިތްހަމަ ޖައްސާލުމަށްޓަކައި ޒިޔާރަތްކޮށްލުމަކީ ކޮންމެ ބޭފުޅަކަށްވެސް ލިބޭނެ ފަޚުރެކެވެ.

މިލިޔުން ކިޔާލުމުން
81
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ