ހަފްތާ ބަންދުގެ މޫސުން ގޯސްވާނެ - މެޓް

ހަފްތާ ބަންދުގެ މޫސުން ގޯސްވާނެކަމަށް މޫސުމާއި ބެހޭ ޤައުމީ އިދާރާއިން ހާމަކޮށްފިއެވެ.

ހަފްތާ ބަންދުގެ މޫސުން ލަފާކޮށް މެޓް އޮފީހުން ވިދާލުވެފައިވަނީ ހުކުރު ދުވަހު އުތުރުގެ އަތޮޅުތަކަށް ކެރީގެ އަސަރު ފޯރުމާއެކު ގުގުރާނެކަމަށެވެ. އަދި މެދު ރާއްޖެތެރެއާއި ދެކުނުގެ އަތޮޅު ތަކަށް ހުކުރު ދުވަހު ވިއްސާރަ ކުރުމާއެކު ގުގުރާނެކަމަށް ލަފާ ކުރެވޭ ކަމުގައި މެޓް އޮފީހުން ވަނީ ވިދާޅުވެފައެވެ.

ހޮނިހިރު ދުވަހުގެ މޫސުމަށް ބަލާލާއިރު މުޅި ރާއްޖެއަށްވެސް ވިއްސާރަ ކުރުމާއެކު ގުގުރާނެކަމަށް މެތް އޮފީހުން ވަނީ ވިދާޅުވެފައެވެ.

މިއަދުގެ މޫސުން ލަފާކޮށް މެޓް އޮފީހުން ވިދާޅުވެފައިވަނީ ދެކުނުގެ އެކިހިސާބަށް ވިއްސާރަކުރުމާއިއެކު ގުގުރުން އެކަށީގެންވާކަމަށާއި އެހެން ހިސާބުތަކަށް މޫސުން އާންމު ގޮތެއްގައި ރަނގަޅުވާނެކަމަށެވެ.

"އިރުއުތުރާއި އިރުން އުތުރާއި މެދުތެރޭގެ އަތޮޅުތަކަށް ގަޑިއަކު 10 މޭލާއި 20 މޭލާ ދެމެދުގެ ބާރު މިނުގައި ވައި ޖެހޭނެ، ދެކުނުގެ އަތޮޅުތަކަށް ގަޑިއަކު 05 މޭލާއި 15 މޭލާ ދެމެދުގެ ބާރުމިނުގައި ވައި ޖެހޭނެ" މިއަދުގެ މޫސުން ލަފާކޮށް މެޓް އޮފީހުން ވިދާޅުވެފައިވެއެވެ.

ކަނޑުމަތީގައި ހިތާމަވެރި ގިނަ ހާދިސާތަކެއް ހިނގާފައިވާތީ، ކަމާ ގުޅުން ހުރި އިރާތަކުން ދީފައިވާ އިރުޝާދުތަކށް ތަބާވެ، ދަތުރު ކުރުމުގެ ކުރިން ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ހަނދުމަފުޅުކޮށް އަރުވަމެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ