މިދުވަސްވަރަކީ މުޅި ރާއްޖެއަށްވެސް މޫސުން ގޯސް ދުވަސްވަރެއް

މޫސުން ގޯސްވާނެކަމަށް ލަފާކޮށް ބޮޑު ސަރަޙައްދަކަށް އެލާޓް ނެރެފި

މޫސުން ގޯސްވާނެކަމަށް ލަފާކޮށް ބޮޑު ސަރަޙައްދަކަށް އެލާޓް ނެރެފިއެވެ.

ދިވެހިރާއްޖޭގެ މޫސުމާއިބެހޭ ޤައުމީ އިދާރާއިން ނެރުނު ހުދު އެލާޓްގައި ބުނެފައިވަނީ، މިއަދު ހަވީރު 04:30 އިން ފެށިގެން މިރޭ 10:30 އާއި ދޭތެރޭ ރާއްޖޭގެ ބޮޑު ސަރަޙައްދަކަށް މޫސުން ގޯސްވާނެކަމަށާއި، މިވަގުތުގައި ގަޑިއަކު 19 މޭލާއި 24 މޭލާއި ދެމެދުގެ ބާރުމިނުގައި ވައިޖޭހެނެކަމަށް ލަފާކުރާކަމަށެވެ.

މެޓް އޮފީހުން އެލާޓް ނެރެފައިވަނީ މ. އަތޮޅުން ފެށިގެން ތ. އަތޮޅާއި ހަމައަށެވެ.

ކުރިއަށް އޮތް 24 ގަޑިއިރަށް މޫސުން ލަފާކޮށް މެޓް އޮފީހުން ވިދާޅުވީ، ރާއްޖޭގެ އެކިހިސާބަށް ކެރީގެ އަސަރު ފޯރުމާއެކު ގުގުރުން އެކަށީގެންވާކަމަށާއި، އިރުއުތުރާއި އިރުން އުތުރާއި މެދުތެރޭގެ އަތޮޅުތަކަށް އަތޮޅުތަކަށް ގަޑިއަކު 15 މޭލާއި 25 މޭލާ ދެމެދުގެ ބާރު މިނުގައި، ދެކުނުގެ އަތޮޅުތަކަށް ގަޑިއަކު 07 މޭލާއި 15 މޭލާ ދެމެދުގެ ބާރުމިނުގައި ވައި ޖެހޭނެކަމަށް ލަފާކުރާއިރު، ވިލާގަނޑުގައި ގަޑިއަކު ގާތްގަޑަކަށް 35 މޭލުގެ ބާރުމިނަށް ވައި ގަދަވުން އެކަށީގެންވާކަމަށެވެ.

މީގެއިތުރުން މެޓްއޮފީހުން ވިދާޅުވީ، އުތުރާއި މެދުތެރޭގެ ކަނޑުތައް ގަދަ ވާނެކަމަށާއި ދެކުނުގެ ކަނޑުތައް އާދައިގެ ވަރަކަށް ގަދަ ވާނެކަމަށެވެ.

އަދި މެޓް އޮފީހުން ވަނީ މެދުތެރެއާއި އުތުރުގައި ކަނޑު ދަތުރު ކުރައްވާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް އިލްތިމާސްކޮށްފައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ