ކޮވިޑް-19: އަފްޣާނިސްތާނުންވެސް ކޮވިޑް 19 ޖެހިފައިވާ މީހަކު ފެނިއްޖެ

އަފްޣާނިސްތާނުންވެސް ކޮވިޑް-19 ޖެހިފައިވާ އެކަކު ފެނިއްޖެ އެވެ.

އަފްޣާނިސްތާނު ގެ ހެރާތު ސިޓީއިން 3 މީހަކު ކޮވިޑް-19 އަށް ޓެސްޓު ކޮށްފައިވާއިރު އޭގެ ތެރެއިން އެކަކު ކޮވިޑް-19 އަށް ޕޮޒިޓިވް ވެފައިވާކަމަށް އަފްޣާނިސްތާނު ގެ ހެލްތު މިނިސްޓަރ ފިރޮޒުއްދީން ފިރޯޒު ވަނީ ވިދާޅުވެފައެވެ.

ފިރޯޒު ވިދާޅުވީ ކޮވިޑް-19 އަށް ޕޮޒިޓިވް ވެފައިވަނީ 35 އަހަރުގެ ފިރިހެނެއް ކަމަށެވެ. އޭނާ އަކީ އިރާޤުން ދަތުރު ކޮށްފައި އައި މީހެއް ކަމަށް އޭނާ ވިދާޅުވިއެވެ. އަދި އޭނާ މިހާރު ވަނީ ސިއްޙީ ފަރުވާދޭ ސެންޓަރެއްގައި ކަރަންޓީނު ކުރެވިފައި ކަމަށްވެސް ފިރޯޒު ވިދާޅުވިއެވެ.

އަފްޣާނިސްތާނުން ކޮވިޑް-19 ފެނިފައި މިވަނީ އިރާން އަށް ކަނޑު މަގުންނާއި ވައިގެ މަގުން ދަތުރު ކުރުން މަނާކުރިތާ 1 ދުވަސް ފަހުންނެވެ. އަދި އިރާން އިންވެސް އެއްވެސް ފަރާތަކަށް އަފްޣާނިސްތާނަށް ނުވަދޭނެ ގޮތަށް ވަނީ ހަމަޖައްސައިފައެވެ.

ކޮވިޑް-19 ޖެހިގެން ޗައިނާއިން މިހާތަނަށް 2592 މީހުން މަރުވެފައިވާއިރު ޗައިނާގެ 77345 މީހުން ވަނީ ކޮވިޑް-19 އަށް ޕޮޒިޓިވް ވެފައެވެ. ޗައިނާ ފިޔަވައި ދެން އެންމެ ގިނައިން މީހުން މަރުވެފައި ވަނީ އީރާނުންނެވެ. އިރާނުން ވަނީ 12 މީހުން މަރުވެފައެވެ.

ޗައިނާއިން ބޭރުން ކޮވިޑް-19 ޖެހިގެން މަރުވެފައި ވަނީ 34 މީހުންނެވެ. އަދި ޗައިނާ ފިޔަވައި އެހެން ގައުމުތަކުން ކޮވިޑް-19 އަށް ޕޮޒިޓިވް ވެފައިވަނީ 2365 މީހުންނެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ