ކްރިމިނަލް ކޯޓުގެ ޝަރީއަތުގެ މަޖިލީހެއް - ފޮޓޯ: ކްރިމިނަލް ކޯޓް

ޝަރީޢަތުގެ މަޖިލީހަށް ވަނުމަށް ނޫސްވެރިންނަށް ލުއި ގޮތްތަކެއް ހަދައިދީފި

ކްރިމިނަލް ކޯޓުގައި ހިންގާ ޝަރީޢަތުގެ މަޖިލީސްތަކަށް އަޑުއަހަން ވަންނަ ނޫސްވެރިންނަށް ޝަރީޢަތުގެ މަޖިލީހަށް ވަނުމަށް ލުއި ގޮތްތަކެއް އެކޯޓުން ތަޢާރަފުކޮށްފިއެވެ.

ކުރިމިނަލް ކޯޓުން ވިދާލުވެފައިވަނީ މިއުޞޫލުގެ މަޤަސަދަކީ، ކޯޓަށް ހުށައެޅޭ މައްސަލަތަކުގެ ޝަރީއަތްތައް ހާމަކަމާއެކު ހިންގުމުގައި ކޯޓުގެ ޖާގައިގެ ދަތިކަން އޮތުމާއެކުވެސް ނޫސްވެރިންނަށާއި، ނޫސްވެރިންނަށާއި މައްސަލާގެ މަސްލަހަތް ހިމެނޭ އިތުރުފަރާތްތަކަށާއި، އާންމު ފަރާތްތަކަށް ކޯޓު ރޫމުގައި ޖާގަ އޮތް ވަރަކުން ފުރުޞަތުދީ، ކޯޓުގައި ހިނގަމުންދާ ޝަރީއަތްތަކުގެ މަޢުލޫމާތު ޚަބަރު ފަތުރާ ވަޞީލަތްތައް މެދުވެރިކޮށް ޒިންމާދާރުކަމާއެކު ފެތުރުމަށް މަޤުފަހިކޮށްދިނުމެވެ.

އެގޮތުން އެކޯޓުން މިއަދު އާންމުކޮށްފައިވާ ޝަރީއަތުގެ މަޖިލިސް އަޑުއަހަން މީހުން ވެއްދުމުގައި ޢަމަލު ކުރާނެ ގޮތުގެ އުޞޫލުގައި ބުނެފައިވަނީ އާންމު އުޞޫލުން ޝަރީއަތްތައް އަޑުއަހަން އަންނަ ފަރާތްތައް އެ ޝަރީއަތެއް ފެށުމުގެ 15 މިނެޓްކުރިން "ޝަރީއަތްކުރުމާއި ބެހޭ ޖިނާއީ އިޖުރާއަތުގެ ޤަވާއިދު" ގައި ބުނާ ފޯމު ފުރިހަމަ ކުރަންޖެހޭނެ ކަމަށެވެ.

ނަމަވެސް މި އުޞޫލުގައި ބުނެފައިވާ ގޮތުން ރާއްޖޭގައި ރަޖިސްޓްރީ ކޮށްގެން ހިންގާ ކޮންމެ ޓީވީ ސްޓޭޝަނަކަށައި، ރޭޑިޔޯ ޗެނަލްތަކާއި، ނޫސްމަޖައްލާއަކަށް 3 ރިޕޯޓަރުން ރަޖިސްޓްރީ ކުރުމަށް ފުރުޞަތު ލިބޭނެއެވެ. އަދި މިގޮތަށް ރަޖިސްޓްރީ ވެފައިވާ ނޫސްވެރިން، ކޮންމެ ޝަރީއަތުގެ އަޑުއެހުމަކަށް ވަނުމަށްޓަކައި ވަކިން ފޯމު ހުށައަޅާން ނުޖެހޭނެ ކަމުގައި އެ އުޞޫލުގައި ވަނީ ބުނެފައެވެ.

މި އުޞޫލުގައި ބުނެފައިވަނީ ޝަރީއަތުގެ މަޖިލިހަށް ވަނުމަށް ރަޖިސްޓްރީ ކޮށްފައިވާ ނޫސްވެރިޔަކު ޝަރީއަތް ފެށުމަށް ތާވަލްކޮށްފައިވާ ގަޑީގެ 15 މިނެޓް ކުރިން ކޯޓަށް ހާޒިރުނުވި ނަމަވެސް، ޝާރީއަތް ފެށުމުގެ ކުރިން ކޯޓަށް ހާޒިރުވެ ކޯޓުން ދޫކޮށްފައިވާ "ނޫސް ރިޕޯޓަރ ކާޑު" ދެއްކުމުން ޖާގަ އޮތް ވަރަކުން ޝަރީއަތުގެ މަޖިލީހަށް ވަނުމުގެ ފުރުޞަތު ލިބޭނެކަމަށެވެ. އަދި މިގޮތށް ފުރުޞަތު ދޭއިރު އިސްކަންދޭނީ ނޫސްވެރިން ކޯޓަށް ހާޒިރުވާ ތަރުތީބުންކަމުގައިވެސް މި އުޞޫލުގައި ވަނީ ބަޔާންކޮށްފައެވެ.

ޝަރީއަތުގެ މަޖިޅިހަށް ނޫސްވެރިނަށް އިޚްތިޔާރު ލިބިފައިވާ ތަކެތީގެ ތެރޭގައި، ފަންސޫރު، ކަރުދާސް، އާދައިގެ ގަލަމެއް، އާދައިގެ ފޮތެއް ވަނީ ހިމަނާފައެވެ.

ކުރިމިނަލް ކޯޓުން ނޫސްވެރިންނަށް ދީފައިވާ މި ލިޔުމާއި ގުޅިގެން ޕްރޮސެކިއުޓަރ ޖެނަރަލްގެ އޮފީހުން ވިދާޅުވީ، މިއީ ވަރަށް ރަނގަޅު، އަދި މުހިންމު ނިންމެވުމެއްކަމަށާއި، ޝަރީޢަތުގެ ހާމަކަން އިތުރު ކުރުމަކީ އިތުބާރު އިތުރު ކުރަން އެޅޭ އަސާސީ ފިޔަވަޅެއްކަމަށެވެ. އެހެން ކޯޓުތަކުންވެސް މިނަމޫނާއާ އެއްގޮތަށް ޢަމަލު ކުރައްވާނެކަމަށް އުއްމީދު ކުރަންވާ ކަމުގައި ވިދާޅުވެ ޕީޖީ އޮފީހުން ވަނީ ކްރިމިނަލް ކޯޓުގެ މި ނިންމުމަށް މަރުހަބާ ދަންނަވާ ޝުކުރު އަދާކޮށްފައެވެ.

ޝަރީޢަތުގެ މަޖިލީސްތަކަށް ވަނުމަށް ނޫސްވެރިންނަށް ލުއި ގޮތްތަކެއް ހަދައިދީފި

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ