ހއ. އުލިގަން - ފޮޓޯ: ފެށުން

ރާއްޖޭގެ ބޮޑު ބަޔަކަށް ޙަފްތާ ބަންދުގައި މޫސުން ރަނގަޅުވާނެ - މެޓް

ކުރިޔަށް އޮތް ހަފްތާ ބަންދުގައި ރާއްޖޭގެ ބޮޑު ބަޔަކަށް މޫސުން ރަނގަޅު ވާނެކަމުގައި މޫސުމާބެހޭ ޤައުމީ އިދާރާ މެޓް އޮފީހުން ހާމަކުރައްވައިފިއެވެ.

މެޓް އޮފީހުން މިއަދު ވިދާޅުވީ 28 ފެބުރުވަރީ ވާ ހުކުރު ދުވަހު އުތުރާއި މެދު ރާއްޖޭގެ ސަރަހައްދުތަކަށް މޫސުން ރަނގަޅުވާނެކަމަށާއި، ނަމަވެސް ދެކުނުގެ އަތޮޅުތަކަށް ވިއްސާރަ ކުރާނެކަމަށެވެ. އަދި ފެބުރުވަރީ 29 ވާ ހޮނިހިރު ދުވަހު މުޅިރާއްޖެއަށްވެސް މޫސުން ރަނގަޅުވާނެކަމަށް ލަފާ ކުރެވޭ ކަމުގައި މެޓް އޮފީހުން ވަނީ ވިދާޅުވެފައެވެ.

މިއަދުގެ މޫސުމަށް ބަލާލާއިރު އެންމެ ދެކުނުގެ އަތޮޅުތަކަށް ގުގުރުމާއިއެކު ވިއްސާރަކުރާނެކަމަށާއި އަދި ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހުން އެކަށީގެންވާކަމުގައި މެތް އޮފީހުން ވިދާޅުވެއެވެ. ނަމަވެސް މިއަދުވެސް އެހެންހިސާބުތަކަށް މޫސުން އާއްމުގޮތެއްގައި ރަނގަޅުވާނެކަމުގައި މެޓް އޮފީހުން ވަނީ ވިދާލުވެފައެވެ.

"އިރުއުތުރާއި އިރުން، މެދުތެރޭގެ އަތޮޅުތަކަށް ގަޑިއަކު 08 މޭލާއި 18 މޭލާ ދެމެދުގެ ބާރު މިނުގައި ވައިޖެހޭނެ، އެހެންހިސާބުތަކަށް ގަޑިއަކު 05 މޭލާއި 15 މޭލާ ދެމެދުގެ ބާރުމިނުގައި ވައި ޖެހޭނެ." މިއަދުގެ މޫސުން ލަފާކޮށް މެތް އޮފީހުން ވިދާލުވެފައިވެއެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ