ތާރީޚު ދުށް އެއް ނަންބަރު ވަޒީރަކީ ޢަލީ ވަޙީދު: ޖާބިރު

ދިވެހިރާއްޖޭގެ ތާރީޚު ދުށް އެއް ނަމްބަރު ވަޒީރަކީ މިހާރުގެ ޓުއަރިޒަމް މިނިސްޓަރު ޢަލީ ވަޙީދުކަމަށް ޑީއާރްޕީގެ ލީޑަރު އަދި ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު ވިދާޅުވެއްޖެއެވެ.

މިއަދު ކުރެއްވި ޓްވީޓެއްގައި ޖާބިރު ވިދާޅުވީ، އޭނާއަކީ ރާއްޖޭގައި ރިޒޯޓް ވިޔަފާކުރާތާ ޒަމާންތަކެއް ވެފައިވާ މީހެއްކަމަށާއި، މިދުވަސްތަކުގައި އެތަކެއް ވަޒީރުން ދެކެފައިވާކަމަށެވެ.

"ސިޔާސީ ފިކުރަށް ބެލުމެއްނެތި ޙައްޤަށް ޑެލިވަރކުރާ ތާރީޚު ދުށް 1 ނަންބަރު ވަޒީރަކީ ޢަލީ ވަޙީދު" ޖާބިރު ބުންޏެވެ.

ޖާބިރުގެ މިޓްވީޓާއެކު ވ.ބޮޑުމޮހޮރާ ފޮޓޯއެއްވެސްވަނީ ޙައްސާކޮށްފައެވެ. ބޮޑުމޮހޮރާގައި ރިސޯޓެއް ހަދަން ޓުއަރިޒަމް މިނިސްޓްރީއާއި، ޖާބިރުގެ މެރިން ޓެކްނޮލޮޖީ މޯލްޑިވްސްއާދެމެދު އެއްބަސްވުމުގައި މިއަދު ވަނީ ސޮއިކޮށްފައެވެ.

މެރިން ޓެކްނޮލަޖީއަށް 50 އަހަރަށް ބޮޑުމޮހޮރާ ދިނީ 36 މަސް ދުވަހުގެ ތެރޭގައި ރިސޯޓް ހަދާ ގޮތަށެވެ. މެރިން ޓެކްނޮލަޖީ އަކީ ޖާބިރާއި އޭނާގެ އަނބިކަނބަލުން ދިޔާނާ ސައީދުގެ ހިއްސާ އޮންނަ ކުންފުންޏެކެވެ.

ބޮޑުމޮހޮރާ އެންމެ ފުރަތަމަ ޖާބިރަށް ދީފައިވަނީ 2012 ވަނަ އަހަރުއެވެ. ނަމަވެސް ޔާމީނުގެ ސަރުކާރުން ޖާބިރު އަތުން ނަގާފައިވާއިރު، 2015 ވަނަ އަހަރުގެ ތެރޭގައި އެރަށް މެރިން ޓެކްނޮލަޖީއާއި ހަވާލުކުރުމަށް ސިވިލް ކޯޓުން އެންގުމުން ވެސް ކުރީ ސަރުކާރުންވަނީ އެއަށް އަމަލުކުރަން ދެކޮޅު ހަދާފައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް

ހިޔާލު

  1. މައުމޫން

    އެއީ ރިސްވަތު ދީގެން ބޮޑުމޮހޮރާ ލިބުނީމަ! ކަލޯ އަމިއްލައެދުން ބޮޑަސް ތީ ތަންފުކެއް ބޮޑުވަރު! މިނޫނަސް ދުވަހެއް އޮތްކަން ހަނދާންކޮށްދެން.

ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ