ރަސްމީ ދަތުރުފުޅެއްގައި ރައީސް ނަޝީދު އިންޑިއާއަށް

ރަސްމީ ދަތުރުފުޅެއްގައި ރައީސް ނަޝީދު އިންޑިއާއަށް ފުރާވަޑައިގެންފި އެވެ.

ރައީސް ނަޝީދު އިންޑިއާ އަށް ކުރައްވާ މި ދަތުރުފުޅަކީ އެގައުމުގައި މާދަމާ ފަށާ "އިންޑިއާ އަޑިއާޒް ކޮންކްލޭވް" ކޮންފަރެންސްގައި ބައިވެރިވެ ވަޑައިގަތުމަށް ކުރައްވާ ދަތުރުފުޅެކެވެ. މި ކޮންފަރެންސް ގައި ރައީސް ނަޝީދު ތަޤުރީރު ކުރައްވާނެއެވެ.

3 ދުވަހަށް ކުރިޔަށްދާ މިކޮންފަރެންސްގައި އިންޑިއާ ސަރުކާރުގެ އިސް ވެރިންވެސް ބައިވެރިވަޑައިގަންނަވާނެ އެވެ.

ރައީސް އިބްރާހިމް މުޙައްމަދު ޞޯލިހުގެ ސަރުކާރާއިއެކު އިންޑީއާއެކު އޮތް ގުޅުން ވަނީ ވަރަށް ބޮޑަށް ބަދަހިވެފައެވެ. އިންޑީއާގެ ބޮޑު ވަޒީރު ނަރެންދަރަ މޯދީ ވެސް ވަނީ ރާއްޖެއަށް މިދިޔަ އަހަރު ފަހުކޮޅު ޒިޔާރަތް ކުރައްވައި ރައްޔިތުންގެ މަޖިލީހުގައި ތަޤްރީރު ކުރައްވާފައެވެ.

ރައީސް ނަޝީދުވެސް ވަނީ އިންޑީއާގެ ޤާނޫނު ހަދާ މަޖިލީހުގެ ދައުވަތަކަށް މިދިޔަ އަހަރު ފަހުކޮޅު އިންޑިއާއަށް ޒިޔާރަތް ކުރައްވާފައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ