ރާއްޖޭގެ ރައްޔިތުންގެ މަޖިލީހުގެ ރައީސް ނުވަތަ ނައިބު ރައީސް ކަމުގެ މަގާމުގައި އަންހެން ބޭފުޅަކު ހުންނެވުމަކީ މުޅި ދުނިޔެއަށް ރާއްޖެއިން ދެއްކޭނެ ނަމޫނާއެއް ކަމަށް ޖެންޑާ މިނިސްޓަރު ޝިދާތާ ޝަރީފު ވިދާޅުވެއްޖެ އެވެ.
ޖެންޑަރ މިނިސްޓަރ ޝިދާތާ މިހެން ވިދާޅުވިއިރު، މަޖިލިސް ރައީސް ކަމަށް އާއްޑޫ މީދޫ ދާއިރާގެ އެމްޑީޕީ މެމްބަރު ރޮޒެއިނާ އާދަމް އަދި ނައިބު ރައީސްގެ މަގާމަށް ގަލޮޅު އުތުރު ދާއިރާގެ އެމްޑީޕީ މެމްބަރު އިވާ އަބްދުﷲ ވަނީ ޝައުގުވެރިކަން ފާޅުކުރައްވާފައެވެ.
ޝިދާތާ ވިދާޅުވީ، މަޖިލީހުގެ ރިޔާސަތަށް ޝައުގުވެރިކަން ފާޅުކުރައްވާފައިވާ ދެ އަންހެން ބޭފުޅުންނަށްވެސް ކާމިޔާބީއަށް އެދިވަޑައިގަންނަވާ ކަމަށެވެ.
"19ވަނަ ރައްޔިތުންގެ މަޖިލީހުގެ ރައީސް ނުވަތަ ނައިބު ރައީސްގެ މަޤާމުގައި އަންހެން މެންބަރަކު ފެނިގެން ދިޔުމަކީ ބައިނަލްއަޤުވާމީ ދުނިޔެއަށް ދެއްކޭނެ ނަމޫނާއެއް." ޝިދާތާ ޝަރީފް ވިދާޅުވިއެވެ.
ޝިދާތާއަކީ އަދާލަތު ޕާޓީގެ ސްލޮޓެއްގައި ވަޒީރުކަން ކުރައްވާ ބޭފުޅެކެވެ.