އިންސްޓަގްރަމް ފޮޓޯއަށް ލައިކްސް ލިބޭވަރު ނުފެއްނަ ގޮތް ހަދަނީ!

ފޮޓޯ ހިއްސާ ކުރުމުގައި އެންމެ މަޤުބޫލު ސޯޝަލް މީޑިއާ ނެޓްވޯކް، އިންސްޓަގްރާމް ގައި ހިއްސާކުރާ ފޮޓޯތަކަށް ލިބޭ ލައިކްސްގެ އަދަދު ނުފެންނަ ގޮތަށް ހަދަން އުޅެކަމުގެ އިޝާރާތްތަކެއް ފެނިއްޖެއެވެ.

އިންސްޓްގްރާމް ފީޑްއަށް މި ގެންނަ ބަދަލު މިހާރު ޓެސްޓްކުރަން ފަށާފައިވާއިރު، މަޝްހޫރު ބުލޮގަރ 'ޖޭން މަންޗުން ވޮން' ވަނީ މި ބަދަލު ފާހަގަކުރެވިފައިކަމަށް ބުނެ ޓްވީޓް ކޮށްފައެވެ.

އިންސްޓަގްރާމްގައި ހިއްސާކޮށްފައިވާ ސްކްރީން ޝޮޓް ފޮޓޯއާއެކު ޖޭން ކޮށްފައިވާ ޓްވީޓްއިން، މި ފޮޓޯއަށް ކޮށްފައިވާ އެއްވެސް ލައިކްގެ އަދަދެއް ފޮޓޯއަކުން ނުފެނެއެވެ. ފޮޓޯއިން ފެންނަނީ ފޮލޯ ކުރާމީހަކު ލައިކްކޮށްފައިވާނަމަ އެމީހެއްގެ ނަން އެކަންޏެވެ.

ފޮޓޯއަށް ލައިކްކޮށްފައިވާ މީހުންގެ އަދަދު ފެންނާނީ ފޮޓޯ އިންސްޓަގްރާމްގައި ޕޯސްޓް ކުރާ ފަރާތުން ފޮޓޯއަށް ފިތާލުމުން ހަމައެކަނި އެފަރާތަށެވެ.

މިގޮތަށް ފޮޓޯއަށް ފިތާލުމުން، " މުހިއްމީ ފޮޓޯއަށް ލިބޭ ލައިކްސް ނޫންކަމަށާއި، ބޭނުންވަނީ ފޮލޯ ކުރާމީހުންގެ ސަމާލުކަން ހިއްސާ ކުރާ ފޮޓޯއަށް ދިނުންކަމަށް" ބުނާ މެސްޖްއެއް އިންސްޓަގްރާމް އެޕްއިން ތިރިއަށް އަރައެވެ. އަދި މި ޓެސްޓު ކުރުމުގެ ތެރެއިން، ފޮޓޯއަށް ލިބިފައިވާ ލައިކްސް ގެ އަދަދު ފެންނާނީ ޕޯސްޓް ކުރާ ފަރާތަށްކަމަށް މި ޓެސްޓިން މެސެޖްގައި ބުނެއެވެ.

ބެލެވޭ ގޮތުގައި އިންސްޓަގްރާމް އިން މި ބަދަލުގެންނަން ޓެސްޓް ކުރަން ފަށާފައިވަނީ، އިންސްޓަގްރާމް އެޕްލިކޭޝަން އަށް ކުރިމަތިވާ ޕްރެޝަރ ގެ ސަބަބުންނެވެ. ނަމަވެސް މިކަމާ ގުޅޭގޮތުން އިންސްޓަގްރާމްއިން ބުނެފައިވަނީ، އިންސްޓަރ ގްރާމްގެ މި އާ ފީޗަރ ޓެސްޓް ނުކުރާ ކަމަށާއި، ނަމަވެސް އިންސްޓަގްރާމް އެޕްލިކޭޝަންއަށް އަންނަ ޕްރެޝަރ ކުޑަކުރުމަށް މަސައްކަތް ކުރާ ކަމަށެވެ.

ދުނިޔޭގެ ގިނަ މަޤުބޫލު މޮޑެލްސް އަދި އިންސްޓަގްރާމްއިން މަޝްހޫރުކަން ހޯދައިފައިވާ މޮޑެލްސް އިން އެންމެ ބޮޑަށް ބަލާކަމަކީ އެހެން މީހުންގެ ސަމާލުކަން ހޯދުމެވެ. ލައިކްސް އަދި ޝެއަރ އިތުރުކުރުމެވެ. އެހެންކަމުން، އިންސްޓަރގްރާމް އިން މި ބަދަލު ގެނެސްފިނަމަ މިއީ، އެ ފަރާތްތަކުން ވަރަށް ބޮޑަށް ހިތާމަކުރާނެ ކަމެކެވެ.

ގުޅުންހުރި ލިޔުންތައް
ފަހުގެ އަޕްޑޭޓް
ފަހުގެ އަޕްޑޭޓް