މިނިމަމް ވޭޖަށް ހިޔާލު ހޯދުމުގެ ބައްދަލުވުމެއް ބާއްވަނީ

އެންމެ ކުޑަ އުޖޫރަ ނުވަތަ މިނިމަމް ވޭޖް ކަނޑައެޅުމާ ގުޅޭ ގޮތުން އާންމުންގެ ހިޔާލު ހޯދުމަށް ރައްޔިތުންގެ މަޖިލީހުގައި އަންނަ ބުދަ ދުވަހު އާންމު ބައްދަލުވުމެއް ބޭއްވުމަށް ނިންމައިފިއެވެ.

މިބައްދަލުވުން ބޭއްވުމަށް ހަމަޖެހިފައި ވަނީ ބުދަދުވަހުގެ ރޭ 20:15 އިން 22:30 އަށް ރައްޔިތުންގެ މަޖިލީހުގެ އައު އިމާރާތުގެ ހަތަރުވަނަ ފަންގިފިލާގައިކަމަށް މަޖިލިސް އިދާރާއިން ވިދާޅުވިއެވެ. އަދި މިބައްދަލުވުމުގައި މަޖިލީހުގެ މެންބަރުންނާއި ކަމާ ބެހޭ މުއައްސަސާތަކުގެ ފަންނީ ބޭފުޅުން ބައިވެރިވެވަޑައިގަންނަވާނެކަމަށްވެސް މަޖިލީހުން ވިދާޅުވިއެވެ.

ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާ ބިލުތަކާއި މައްސަލަތަކާ ގުޅޭ ގޮތުން އާންމުން ހިޔާލު ހޯދުމަށް ކުރިއަށް އޮތް ތަނުގައި މަޖިލީހުގައި އާންމު ބައްދަލުވުންތަކެއް ބޭއްވުމަށް ވަނީ ހަމަޖައްސާފަ އެވެ. 

ރައްޔިތުން މަޖިލީހުގެ އިޤްތިޞާދީ ކޮމިޓީން މިއަދު ނިންމާފައިވަނީ، އެންމެ ކުޑަކޮށް ދެވޭނެ އުޖޫރަ ނުވަތަ މިނިމަމް ވޭޖު ކަނޑައެޅުމަށް އެދި އިކޮނޮމިކް މިނިސްޓްރީން ފޮނުވާފައިވާ ރިޕޯޓާއި މެދު މި މަހުގެ އެގާރަވަނަ ދުވަހުގެ ކުރިން ގޮތެއް ކަނޑައެޅުމަށެވެ.

ފެބުރުއަރީ މަސް ނިމުމުގެ ކުރިން މިނިމަމް ވޭޖް ކަނޑައަޅާ ނިންމާނެކަމަށް އިކޮނޮމިކް މިނިސްޓަރ ކުރިން ވިދާޅުވިނަމަވެސް، މިނިމަމް ވޭޖް ކަނޑައެޅޭނީ މަޖިލީހުގެ ލަފާ ލިބުމުން އަދި ފަނަރަ ވަރަކަށް ދުވަހުގެ ތެރޭގައި ކަމަށް މިނިސްޓަރ ފައްޔާޒް އިއްޔެ ވަނީ ވިދާޅުވެފައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ