ރައީސް ނަޝީދާއި ރައީސް އިބްރާޙިމް މުޙައްމަދު ޞާލިޙް

މިއީ މިނިމަމް ވޭޖު ކަނޑައެޅުމަށް އެންމެ މުހިންމު ވަގުތު - ރައީސް ނަޝީދު

މިވަގުތަކީ މިނިމަމް ވޭޖު ކަނޑައެޅުމަށް އެންމެ މުހިންމު ވަގުތު ކަމަށް އެމްޑީޕީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

ބައިނަލްއަޤްވާމީ މަސައްކަތްތެރިންގެ ދުވަހާއި ގުޅިގެން ރައީސް ނަޝީދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ މަސައްކަތްތެރިންގެ އެންމެ ކުޑަ އުޖާރަ އަދި ވަޒީފާ ނެތް ފަރާތްތަކަށް އެލަވަންސް ހަމަޖެއްސުމަށް އެންމެ މުޙިންމު ވަގުތަކީ މި ވަގުތު ކަމަށް އެމަނިކުފާނު ދެކިލައްވާ ކަމަށެވެ.

މަސައްކަތްތެރިންގެ ދުވަހުގެ ތަޙްނިޔ މަސައްކަތްތެރިންނަށް ރައީސް ނަޝީދު ވަނީ ފޮނުއްވާފައެވެ.

މަޖިލީހުގެ މި ދައުރުގައި މިނިމަމް ވޭޖުގެ ބިލު ރައްޔިތުންގެ މަޖިލީހަށް ހުށައަޅުއްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞޯލިހު ވަނީ މިއަހަރުގެ ރައްޔިތުން މަޖިލިސް ހުޅުވި ޖަލްސާގައި ވިދާޅުވެފައެވެ. އަދި އިކޮނަމިކް މިނިސްޓަރ ފައްޔާޒު އިސްމާއިލު ވެސް ވަނީ މިއަހަުރގ ފުރަތަމަ ދަޢުރުގައި މިނިމަމް ވޭޖު ކަނޑައެޅިގެން ދާނެ ކަމަށް ވިދާޅުވެފައެވެ. ނަމަވެސް ކޮވިޑް-19 އާއި ގުޅިގެން މި މަސައްކަތްވެސް ވަނީ މަޑު ޖައްސާލައިފައެވެ.

މިނިމަމް ވޭޖު ކަނޑައެޅުމަކީ ރައީސް އިބްރާހިމް މުޙައްމަދު ޞޯލިހުގެ ރިޔާސީ ވައުދެކެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ