ކުޅުދުއްފުށީގައި އިމާރާތް ކޮށްފައިވާ ރޯހައުސްތައް މަރާމާތު ކުރުމަށް ޓިކްޓެކް އާއި ހަވާލުކޮއްފި

ހދ. ކުޅުދުއްފުށީގައި އިމާރާތްކޮށްފައިވާ ރޯހައުސްތައް މަރާމާތު ކުރުމަށް ފެނަކަ ކޯޕަރޭޝަން ލިމިޓެޑާއި ޓިކްޓެކް އިންވެސްޓްމެންޓް އާއި ދެމެދު އެއްބަސްވުމެއްގައި ސޮއިކޮއްފިއެވެ.

ފެނަކައިން ވިދާޅުވީ، ހދ. ކުޅުދުއްފުށީގައި އިމާރާތްކޮށްފައިވާ ރޯހައުސްތައް މަރާމާތު ކުރުމުގެ އެއްބަސްވުމުގައި ފެނަކަ އާއި ޓިކްޓެކް އިންވެސްމެންޓް އާއި ދެމެދު މިއަދު ސޮއިކޮއްފައިވާ ކަމަށެވެ.

މިކަމާ ގުޅިގެން ކުޅުދުއްފުށީ އުތުރު ދާއިރާގެ މެމްބަރު ޔާސިރު އަބްދުލް ލަތީފް ވިދާޅުވީ، ބަޤާވާތުގެ ހިތި އެންމެ ބޮޑަށް ތަޙައްމަލުކުރަން ޖެހުނު އެއްބަޔަކީ ކުޅުދުއްފުށީގެ ރައްޔިތުން ކަމަށާއި ރައީސް މުހައްމަދު ނަޝީދު ފައްޓަވައި ދެއްވި މިމަސްރޫޢު ހުުއްޓާލައި ވޭތުވެދިޔަ ސަރުކާރުތަކުން އަޅުގަނގަޑުމެން ބިކަކުރި ކަމަށެވެ. އަދި އަލުން އެމަސައްކަތް އެފުރިހަމަ ކޮށްދެއްވަނީ އަދުގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ކަމަށެވެ.

ކުޅުދުއްފުށީގައި އިމާރާތްކޮށްފައިވާ 40 ރޯހައުސްގައި ހުރި މަރާމާތުގެ މަސައްކަތްތައް ކުރުމުގެ އެއްބަސްވުމުގައި ހައުސިން މިނިސްޓްރީން ފެނަކަ ކޯޕަރޭޝަން ލިމިޓެޑާއި އެކު ސޮއިކޮށްފައިވަނީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ 18 ވަނަ ދުވަހުއެވެ. މި މަސައްކަތް ފެނަކަ ކޯޕަރޭޝަނާއި ހަވާލު ކޮށްފައިވަނީ 190 ދުވަހުގެ ތެރޭގައި ނިންނާގޮތަށް 23،396161.00 (ތޭވިސް މިލިއަން ތިން ލައްކަ ނުވަދިހަ ހަ ހާސް އެއްސަތޭކަ އެއް ރުފިޔާ) އަށެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ