ޖާބިރު ޖެޓްސްކީގައި ބޮޑުމޮހޮރާއަށް ދަތުރު ކުރައްވަނީ

ވ. ބޮޑުމޮހޮރާ އާއި ރަސްމީކޮށް ހަވާލުވުމަށް ޑީއާރްޕީގެ ލީޑަރު އަދި ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރު ޖެޓުސްކީ ގައި ދަތުރު ކުރެއްވުމަށް އެމަނިކުފާނު ނިންމަވައިފިއެވެ.

ޑީއާރްޕީން މިއަދު ކުރެއްވި ޓްވީޓެއްގައި ބުނެފައިވަނީ ޖާބިރު ބޮޑުމޮހޮރާ އާއި ރަސްމީކޮށް ހަވާލުވުމަށް ޖާބިރު މިއަދު 13:00 ގައި މާލޭ 1 ނަންބަރު ފާލަމުން ޖެޓްސްކީގައި ދަތުރު ކުރައްވަން ނިންމަވާފައި ވާކަމަށެވެ.

ބޮޑުމޮހޮރާގައި ރިސޯޓެއް ހަދަން ޓުއަރިޒަމް މިނިސްޓްރީއާއި، ޖާބިރުގެ މެރިން ޓެކްނޮލޮޖީ މޯލްޑިވްސްއާދެމެދު އެއްބަސްވުމުގައި މިދިޔަ ފެބްރުއަރީ 27 ވަނަ ދުވަހު ވަނީ ސޮއިކޮށްފައެވެ.

މެރިން ޓެކްނޮލަޖީއަށް 50 އަހަރަށް ބޮޑުމޮހޮރާ ދިނީ 36 މަސް ދުވަހުގެ ތެރޭގައި ރިސޯޓް ހަދާ ގޮތަށެވެ. މެރިން ޓެކްނޮލަޖީ އަކީ ޖާބިރާއި އޭނާގެ އަނބިކަނބަލުން ދިޔާނާ ސައީދުގެ ހިއްސާ އޮންނަ ކުންފުންޏެކެވެ.

ބޮޑުމޮހޮރާ އެންމެ ފުރަތަމަ ޖާބިރަށް ދީފައިވަނީ 2012 ވަނަ އަހަރުއެވެ. ނަމަވެސް ޔާމީނުގެ ސަރުކާރުން ޖާބިރު އަތުން ނަގާފައިވާއިރު، 2015 ވަނަ އަހަރުގެ ތެރޭގައި އެރަށް މެރިން ޓެކްނޮލަޖީއާއި ހަވާލުކުރުމަށް ސިވިލް ކޯޓުން އެންގުމުން ވެސް ކުރީ ސަރުކާރުންވަނީ އެއަށް އަމަލުކުރަން ދެކޮޅު ހަދާފައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ