ފިލިޕީންސައް އައި ބިންހެލުމެއްގައި 11 މީހުން މަރުވެއްޖެ

ފިލިޕީންސްގެ ލޫޒަންއަށް 6.1 ގެ ބާރު މިނުގައި އިއްޔެ އައި ބިންހެލުމުގައި 11 މީހުން މަރުވެއްޖެއެވެ.

އިއްޔެ ހަވީރު، ފިލިޕީންސް ގަޑިން 17:11 ގައި އައި މި ބިންހެލުމުގައިވަނީ ގިނަ އިމާރާތްތަކަށާއި އެއަރޕޯޓަކަށް ވަރަށް ބޮޑަށް ގެއްލުން ލިބިފައެވެ. އޮފިޝަލުން މައުލޫމާތު ދޭގޮތުގައި ވެއްޓުން އިމާރާތްތަކުގެ ދަށުވެ އިތުރު މީހުން މަރުވެފައި ވުމަކީ އެކަށީގެންވާ ކަމެކެވެ.

މި ބިންހެލުމުގެ އަސަރު ފިލިޕީންސުގެ އެހެން ހިސާބުތަކަށްވެސް ކޮށްފައި ވެއެވެ. ފިލިޕީންސް އޮންނަ ސަރަހައްދަކީ ބިންހެލުންފަދަ ހާދިސާތައް އާންމުކޮށް ހިނގާ ސަރަހައްދެކެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ