އަޅުގަނޑުމެން ނޭދޭނަން ދުޝްމަނަކަށްވެސް ބަލި ޖެހި ނެތި ފަނާވާކަށް: އަދުރޭ

ދުޝްމަނަކަށްވެސް ބަލި ޖެހި ނެތި ފަނާވާކަށް ނޭދޭނެ ކަމަށް ކޮންގްރަސް ޕާޓީގެ ރައީސް އަބްދުލްރަހީމް އަބްދުﷲ (އަދުރޭ) ވިދާޅުވެއްޖެ އެވެ.

އަދުރޭ މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވެފައިވަނީ، ކޯވިޑް-19 އިން މި ލޮބުވެތި ގައުމު ސަލާމަތް ކޮށްދެއްވުން އެދި ﷲ ގެ ހަޟުރަތަށް ދުޢާ ދަންނަވާ ކަމަށެވެ. އަދި ވިސްނުން އެއްގޮތް ނުވުމާއި ހިޔާލު ތަފާތުވުމަކީ ގައުމު ހަލާކުގެ ތެރެއަށް ދިއުމަށް އެދެން ޖެހޭ ކަމެއް ނޫން ކަމަށެވެ.

"އަޅުގަނޑުމެން ނޭދޭނަން ދުޝްމަނަކަށްވެސް ބަލި ޖެހި ނެތި ފަނާވާކަށް" އަދުރޭ ކުރެއްވި ޓުވީޓުގައި ވިދާޅުވެފައި ވެއެވެ.

އަދުރޭ މިފަދައިން ޓުވީޓުކޮށްފައި މިވަނީ، ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބު ކާމިޔާބު ކުރާނީ އިދިކޮޅު ފަރާތްތަކަށް ކޮވިޑް-19 ޖައްސާފައި ކަމަށް ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައްޔިތުންގެ މަޖިލީހުގެ ތިނަދޫ އުތުރު ދާއިރާގެ މެމްބަރު އަބްދުލްމުޣްނީ ވިދާޅުވެފައި ވަނިކޮށެވެ.

އަބްދުލްމުޣްނީ މިހެން ވިދާޅުވުމާއި ގުޅިގެން ގިނަބަޔެއްގެ ފާޑުކިޔުން އަބްދުލްމުޣްނީ އަށް އަމާޒުވެފައި ވެއެވެ. މީގެތެރޭގައި އެމްޑީޕީގެ އިސްބޭފުޅުންވެސް ހިމެނިވަޑައި ގަންނަވައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ