މިޑްޓާމް ބުރޭކަށް ސްކޫލްތައް މިއަދު ބަނދުވެފައިވާއިރު ކުރިއަށް އޮތް ހުކުރު ހޮނިހިރުގެ މޫސުންވެސް ރަނގަޅުވާނެކަމަށް މޫސުމާބެހޭ ގައުމީ އިދާރާއިން މައުލޫމާތު ދީފިއެވެ.
މޫސުމާބެހޭ ގައުމީ އިދާރާއިން ކުރިއަށް އޮތް ދެދުވަހުގެ މޫސުން ލަފާކޮށް ބުނެފައިވަނީ، ކުރިއަށް އޮތް ދެދުވަހުވެސް ރާއްޖޭގެ މޫސުން އާންމު ގޮތެއްގައި ރަނގަޅުވާނެ ކަމަށާއި ވައިޖެހޭނީ ހުޅަނގުއުތުރާއި އުތުރުން، ގަޑިއަކު 03 މޭލާއި 10 މޭލާ ދެމެދުގެ ބާރުމިނުގައި ކަމަށެވެ.
ރާއްޖޭގެ ކަނޑުތައް އާދައިގެ ވަރަކަށް މަޑުވާނެ ކަމަށްވެސް މޫސުމާބެހޭ ގައުމީ އިދާރާއިން ލަފާކުރެއެވެ.
މިދުވަސްވަރަކީ ނަކަތުގެ ގޮތުން ބަލާނަމަ އިރުވައި މޫސުމުގެ ހަތްވަނަ ނަކަތް ކަމަށްވާ ފުރަ ބަދުރުވަ ނަކަތުގެ ދުވަސްވަރެވެ. މި ނަކަތަކީ ކޮންމެސް މިންވަރަކަށް ވިއްސާރަ ކުރިނަމަވެސް ޖުމްލަ ގޮތެއްގައި މޫސުން ރަނގަޅު މަސްވެރިކަމަށްވެސް ރަނގަޅު ނަކަތެއްކަން ފާހަގަ ކޮށްލެވެއެވެ.



