މަސްވެރިއެއްގެ ހާލު ސީރިއަސްވެގެން މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް)އިން އެހީތެރިކަން ފޯރުކޮށްދީފިއެވެ.
އެމްއެންޑީއެފް އިން ވިދާޅުވީ، ރ.ދުވާފަރުން ފުރައިގެން މާލެއަށް ދަތުރުކުރި "ގުލްފާމް" ނަމަކަށް ކިޔާ މަސްވެރިކަންކުރާ ދޯންޏެއްގައި ހުރި އުމުރުން 66 އަހަރުގެ ފިރިހެނެއްގެ ހާލު ބޮޑުވެގެން މާލެ ގެނެސްދީފައިވާ ކަމަށެވެ.
އެމްއެންޑީއެފް މާލޭ އޭރިއާ ކޯސްޓްގާޑް ސްކޮޑްރަންގެ އެހީތެރިކަމާއެކު އެމީހާ މާލެ ގެނެސްދީފައިވަނީ މިއަދު ހެނދުނު 07:34 ހާއިރުއެވެ.
"ކ. ތުޅާގިރި ކައިރިން ދަތުރުކުރަމުން ދަނިކޮށް ކުއްލިއަކަށް މެޔަށް ވަރަށް ބޮޑަށް ތަދުވާތީ އަވަސް ފަރުވާއަށް މާލެ ގެނެސްދީފައިވަނީ. އެމީހާގެ ހާލު ސީރިއަސް ކަމަށް ބެލެވޭ." އެމްއެންޑީއެފް އިން ވިދާޅުވިއެވެ.
ކަނޑުމަތިން ހާލު ސީރިއަސްވެގެން ގެނައި މީހާއަށް އައިޖީއެމް ހޮސްޕިޓަލްގައި ދަނީ ފަރުވާދެމުންނެވެ.




ހިޔާލު
Eyna ah su arugeyge mathiveri niumaih minvaru kurahvaashi eve.