އުމަރު ނަސީރު

ލަންކާގެ ނިރުބަވެރި ހަމަލާތަކާ ރާއްޖެއާ ގުޅުވަން މަސައްކަތް ކުރާތީ ހިތާމަކުރަން - އުމަރު

އަވަށްޓެރި ސްރީލަންކާގައި މިމަހުގެ 21 ވަނަ ދުވަހު ދިން ނިރުބަވެރި ހަމަލާތަކާއި ދިވެހިރާއްޖެއާ ގުޅުވަން ބޭރުގެ ފަރާތްތަކުން މަސައްކަތް ކުރައްވާތީ ހިތާމަ ކުރައްވާކަމަށް ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވެއްޖެއެވެ.

ފޭސްބުކް މެދުވެރިކޮށް ދެއްވި ޚާއްޞަ މެސެޖެއްގައި އުމަރު ވިދާޅުވީ، ސްރީލަންކާގައި ދެވުނު ނިރުބަވެރި ހަމަލާގެ ބައިވެރިޔަކު ރާއްޖޭގައި އުޅުނުކަމަށްބުނެ، ރާއްޖެއާ ނިރުބަވެރިކަމާ ގުޅުވަން ބޭރުގެ ބައެއް ފަރާތްތަކުން ދޮގު ޚަބަރު ފަތުރަމުންދާތީ ހިތާމަކުރައްވާ ކަމަށެވެ.

އެމްޑީޕީން ވެރިކަމަށް އަންނަން ބޭރުގެ ފައިސާއާއި މަދަދު ހޯދުމަށް 2005 ވަނަ އަހަރުން ފެށިގެން، ބޭނުންކުރި އެއް ޕްރޮޕެގެންޑާއަކީ، ދިވެހި ސަރުކާރުތަކުން ދީނީ ހައްދުފަހަނައެޅި ފަރާތްތަކަށް މަގުފަހިކޮށްދޭ ކަމަށްބުނެ ފަތުރަމުންދިޔަ ދޮގު ޚަބަރުތައް ކަމަށް އުމަރު ވިދާޅުވިއެވެ.

"އެމްޑީޕީ އާއި ޕޮލިހުގެ ތެރޭގައި އެފަދަ މީހުން މަސައްކަތް ކުރާ ވާހަކައާއި، ދިވެހި ދައުލަތުގެ އަޑީގައި އެހެން ދައުލަތެއް (ޑީޕް ސްޓޭޓް) އޮންނަ ވާހަކަތައް." އުމަރު ވިދާޅުވިއެވެ.

އުމަރު ވިދާޅުވީ، ރާއްޖެއަކީ ނިރުބަވެރިކަމަށް މަގުފަހިކޮށްދޭ ޤައުމެއް ނޫންކަމަށް ބޭރު ދުނިޔެއަށް ބުނެދޭން މިއަދު ޖެހިފައިމިވާ ބޭފުޅަކީ، ދަރުވަމަވަންތަ މިސްކިތުގައި ގަވާއިދާ ޚިލާފަށް ހުކުރު ކުރަމުން ދަނިކޮށް އެކަން ހުއްޓުވަން 2014 ވަނަ އަހަރު ފިޔަވަޅު އަޅަން އޭރުގެ ސަރުކާރުން މަސައްކަތް ކުރިއިރު، ފުލުހުންނަށް ހުރަސް އެޅުމަށް މިސްކިތް ދޮރުމަތީ އެދުވަހު ހުންނެވި މިއަދުގެ ފޮރިންގ މިނިސްޓަރ ކަމަށެވެ.

"ސިޔާސީ މަންފާ ހޯދުމަށް ޤައުމުގެ އަގު ވެއްޓޭގޮތަށް މަސައްކަތް ކުރުމުގެ ގެއްލުން މިއަދު އެމްޑީޕީ ސަރުކާރަށް އިހްސާސް ކުރެވޭނެ. އެމީހުން ރޯކުރި އަލިފާން ނިއްވަން ޖެހިފައި މިވަނީ އެމީހުންނަށް." އުމަރު ވިދާޅުވިއެވެ.

މިމަހުގެ 21 ވަނަ ދުވަހު ޖާނުންފިދާވެގެން ލަންކާގައި ގިނަ ބޮންތަކެއް ގޮއްވާލާ ދިން ނިރުބަވެރި ހަމަލާތަކުގައި މަރުވި މީހުންގެ އަދަދު 310 އަށް އަރާފައިވާއިރު، މަރުވާ މީހުންގެ އަދަދު އަދިވެސް އިތުރު ވުމުގެ ފުރުޞަތު އެބައޮތެވެ.

މިލިޔުން ކިޔާލުމުން
1
ގުޅުންހުރި ލިޔުންތައް

ހިޔާލު

  1. މީހެއް

    މޮޔަ އެއް*** މީ ހަމަ ރަނގަޅަށްވެސް ކޮބާހޭ މަގޭ ބެކްބޯން

ކޮމެންޓް ކުރުން ބަންދު

ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ