ކޮރޯނާ ވައިރަސް އާއި ގުޅިގެން އައިފާ އެވޯޑްސް ލަސްކޮށްފި!

ބޮލީވުޑްގެ ފިލްމްތަކަށް ދޭ އެންމެ ޝަރަފުވެރި އެވޯޑްކަމުގައިވާ، "އައިފާ އެވޯޑްސް" ގެ މިއަހަރުގެ ހަފްލާ، ކޮރޯނާ ވައިރަސް ފެތުރިމުންދާތީވެ ލަސްކޮށްފިއެވެ.

މި އަހަރު ބާއްވާ 21 ވަނަ އައިފާ އެވޯޑްސް ހަފުލާ ބޭއްވުމަށް ހަމަޖައްސާފައިވާ ތާރީޙަކީ މިއަހަރުގެ މާރޗް މަހުގެ 29 ވަނަ ދުވަހުއެވެ. އެހެންނަމަވެސް ކޮރޯނާ ވައިރަސްގެ ބިރާއެކު މި އެވޯޑް ހަފްލާ ބޭއްވުން މިވަނީ ލަސްކޮށްފައެވެ.

މިފަހަރުގެ އެވޯޑު ހަފްލާ ބޭއްވުމަށް ހަމަޖައްސާފައިވަނީ، އިންޑިއާގެ މަދިޔަ ޕްރަދޭޝްގެ އިންދޯރުގަ އެވެ. އެތަނުގައި އެވޯޑް ހަފުލާ ބާއްވަން ނިންމިކަން އިއުލާންކުރަން ހޯމަ ދުވަހު ބޯޕާލްގައި ބޭއްވި ހަފުލާގައި އެ ސްޓޭޓްގެ ޗީފް މިނިސްޓަރު ކަމަލް ނާތާ އެކު ސަލްމާން ޚާނާއި ޖެކްލިން ފެނަންޑޭޒް ފަދަ ތަރިން ބައިވެރިވެފައިވެއެވެ.

އެހެންނަމަވެސް ކޮރޯނާވައިރަސް އާއި ގުޅިގެން އެވޯޑު ހަފްލާ ބޭއްވުން ލަސްކޮށްފައިވަނީ، އެންމެންގެ ރައްކާތރިކަމަށްޓަކައި ކަމަށް ހަފްލާ ހިންގާ ފަރާތްތަކުން ބުނެފައިވެއެވެ.

ހަފްލާ ދެން ބޭއްވޭނެ ތާރީޙު ވީހާވެސް އަވަހަކަށް އިއުލާންކުރާނެއެވެ.

މިފަހަރުގެ އައިފާ އެވޯޑު ހުށައަޅައިދޭނީ، ބޮލީވުޑްގެ ސުޕަރސްޓާ ސަލްމާން ޙާންއެވެ. ސަލްމާނާއެކު ހަފްލާ ހުށައަޅައިދޭނީ ރިތޭޝް ދޭޝްމުކް އެވެ. އަދި ކެޓްރީނާ އާއި ޖެކުއަލިންގެ ޙަރަކާތްތަކެއް ވެސް އެ ޙަފުލާގައި ފެނިގެންދާނެއެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ