ސްރީލަންކަގައި ދިން ސިލްސިލާ ބޮމުގެ ހަމަލާތަކުގައި މަރުވި މީހުންގެ ޖަނާޒާ: -- ފޮޓޯ/އޭޕީ

ލަންކާއަށް ދިން ހަމަލާތަކުގެ ޒިންމާ އައިއެސްއިން ނަގައިފި

އިސްލާމިކް ސްޓޭޓް (އައިއެސް)އާ ގުޅުން ހުރި އަމާގު ނޫސް މެދުވެރިކޮށް އެޖަމާއަތުން ސްރީލަންކާ އަށް ދިން ހަމަލާތަކުގެ ޒިންމާ ނަގައިފި ކަމަށް ރޮއިޓާސް އިން ރިޕޯޓުކޮށްފި އެވެ.

ލަންކާ އަށް ދިން ހަމަލާތަކުގައި މަރުވި މީހުންގެ އަދަދު 321 އަށް އަރާފައިވާއިރު، 500 އަށް ވުރެ ގިނަ މީހުންނަށް ވަނީ އަނިޔާވެފައެވެ.

ގިނަ ބަޔަކު މަރުވި ބޮމުގެ ހަމަލާތަކުގެ ޒިންމާ އިސްލާމިކް ސްޓޭޓްސް (ޢައިއެސް) އިން ނަގާކަން ހާމަކޮށްފައިވަނީ، އައިއެސްގެ ރަސްމީ ނިއުސް އެޖެންސީ އަމަޤް އިންނެވެ. ނަމަވެސް ހަމަލާދިން ކަމުގެ ހެއްކެއް އެ އޭޖެންސީން ހާމަކޮށްފައި ނުވެ އެވެ.

ސްރީލަންކާގެ ސަރުކާރުން މިހާރު މި ހަމަލާތައް ދިންކަމަށް ތުހުމަތު ކުރަނީ އެ ގައުމުގެ ހަނގުރާމަވެރި ޖަމާއަތެއް ކަމަށްވާ ނޭޝަނަލް ތައުހީދު ޖަމާއަތް (އެންޓީޖޭ) އަށެވެ. މި ހަމަލާ ތަކާއި ގުޅިގެން މިހާތަނަށްވަނީ 40 މީހަކު ހައްޔަރު ކޮށްފައެވެ. އަދި ސިފައިންދަނީ ތުހުމަތު ކުރެވޭ އިތުރު ފަރާތްތައް ހޯދުމުގެ މަސައްކަތް ކުރަމުންނެވެ. 

ލަންކާގެ ހަމަލާތަކާ ގުޅިގެން އެގައުމުގައި އަމަން ބެލެހެއްޓުމަށް ފުލުހުންނާއި ސިފައިންނަށް ހާއްސަ ބާރުތައް ދިނުމުގެ ގޮތުން ރޭ އެގައުމުން ވަނީ ކުއްލި ހާލަތު އިއުލާންކޮށްފަ އެވެ. އަދި ފާއިތުވި ދެ ރެއެކޭ އެއްގޮތަށް މިރޭވެސް 9:00 އިން ފަތިހު 4:00 އާ ހަމައަށް ކާފިއު ހިންގަން ނިންމާފަ އެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ