53 ގެ އެޅުމުގެ އެއްބަސްވުމުގައި ސޮއި ކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން - ފޮޓޯ: ވަގުތު

ނޮޅިވަރަންފަރަށް ހިޖުރަކުރި އާއިލާއަކަށް ގެ އެޅުމުގެ އެއްބަސްވުމުގައި ސޮއިކޮށްފި

ހދ. ނޮޅިވަރަންފަށް މީގެ އަހަރުތަކެއް ކުރިން ހިޖުރަކޮށް އެރަށުގައި ދިރިއުޅެމުން އަންނަ އާއިލާތަކުގެ ތެރެއިން ބޯހިޔާވަހިކަން ނުލިބޭ ފަރާތްތަކަށް ބޯހިޔާވަހިކަން ހޯދައިދިނުމަށް ދެ ކުންފުނިއަކާއި އެކު މިއަދު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

މިނިސްޓްރީ އޮފް ހައުސިން އެންޑް އާބަން ޑެވެލޮޕްމެންޓްގައި ބޭއްވި ރަސްމިޔާތެއްގައި 60 ގެ އެޅުމަށް ހަވާލުކޮށްފައިވަނީ ސްވިފްޓް އިންޖިނިއަރިން އަދި މާރިސް ކޮންސްޓަރަކްޝަން އާއެވެ.

27.88 މިލިއަން ރުފިޔާއަށް 60 ގެ އެޅުމަށް ދެ ކުންފުންޏަކާ ހަވާލުކޮށްފައިވަނީ އެއް އަހަރު ތެރޭގައި ގެތަށް ނިންމާ އާއިލާތަކާ ހަވާލުކުރާ ގޮތަށެވެ.

ގެތައް އެޅުމުގެ އެއްބަސްވުމުގައި ސޮއި ކުރުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ހައުސިން މިނިސްޓަރ އައިޝަތު އާތިފާ ވިދާޅުވީ 2011 ވަނަ އަހަރު ފެބްރުއަރީމަހު ހދ. ފަރިދޫ, ކުނބުރުދޫ އަދި މާވައިދޫއިން ނޮޅިވަރަންފަރަށް ބަދަލުވި 181 އާއިލާގެ ތެރެއިން، ބޯހިޔާވަހިކަން ނުލިބިވާ 53 އާއިލާއަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށް ބޭނުންވާ ފައިސާ ހަމަޖެހިފައިކަމަށެވެ.

އެ އާއިލާތަކަށް ގެދޮރު އިމާރާތްކުރުމުގެ އިތުރުން އެ ފަރާތްތަކަށް ދިމާވެފައިވާ އިޖުތިމާއި މައްސަލަތަށް ހައްލު ހޯއްދަވައިދެއްވުމަށް އެ މިނިސްޓްރީން މައްސަކަތް ކުރައްވަމުން ގެންދަވާ ކަމަށްވެސް މިނިސްޓަރ އާތިފާ ވިދާޅުވިއެވެ.

ރައީސް ނަޝީދުގެ ވެރިކަމުގައި 2011 ވަނަ އަހަރު އެއްފަސްކުރުމުގެ ސިޔާސަތުގެ ދަށުން އާބާދުކުރަން ފެށި ހދ.ނޮޅިވަރަންފަރަކީ އެރަށުގައި އެކަށީގެންވާ ވަސީލަތްތައް ޤާއިމުކޮށްފައިވާ ރަށެއް ނޫނެވެ. އެގޮތުން ބޭންކިންގ ގެ ޚިދުމަތާއި، އެކަށީގެންވާ ތަޢުލީމާއި، ޞިއްޙީ ޚިދުމަތްތައްވެސް ލިބެން ނެތެވެ.

ނަމަވެސް، ނޮޅިވަރަންފަރަކީ އާބާދީ އެއްފަސް ކުރުމަށް އަމާޒު ހިފާ ޒަމާނީ ތަރައްޤީ ގެނައުމަށް ސަރުކާރުން މަސައްކަތް ކުރާނަމަ އަތޮޅުގެ ކުދި އެހެން ރަށްތަކުންވެސް ހިޖުރަކުރުމުގެ ވިސްނުން ގެންގުޅޭ ރަށެކެވެ.

މިލިޔުން ކިޔާލުމުން
1
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ