ހައުސިންގ މިނިސްޓަރު އާތިފާ ޝަކޫރު - ފޮޓޯ: މިހާރު

ހައުސިން މިނިސްޓަރ އާތިފާ އިސްތިޢުފާ ދެއްވައިފި

ހައުސިންގ މިނިސްޓަރު އާތިފާ ޝަކޫރު މަޤާމުން އިސްތިއުފާ ދެއްވައިފިއެވެ.

އެކަމަނާގެ އިސްތިޢުފާގެ ސިޓީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙަށް ލިބިވަޑައިގެންފައި ވާކަމަށް ރައީސް އޮފީހުން ވަނީ ބުނެފައެވެ.

ވަޒީރު ކަމުގެ މަގާމުގައި ހުންނަވައިގެން ޢާޠިފާ ކޮށްދެއްވި އިޚްލާޞްތެރި ޚިދުމަތްތަކަށް ރައީސް ސޯލިހު ވަނީ ޝުކުރު އަދާކުރައްވާފައި ކަމަށްވެސް ރައީސް އޮފީހުން ވަނީ ބުނެފައެވެ.

ކުރީގެ ހައުސިން މިނިސްޓަރ ޢާޠިފާ މަގާމުން އިސްތިޢުފާ ދެއްވީ އެކަމަނާގެ ޞިއްޙީ ހާލުކޮޅު ހުރި ގޮތުން އެމަގާމުގެ ވާޖިބު އަދާކުރެއްވުމަށް ޢުޒުރުވެރިވެ ވަޑައިގަންނަވާތީ ކަމަށް ރައީސް އޮފީހުން ވަނީ މައުލޫމާތު ދެއްވާފައެވެ. ޢާތިފާގެ ޞިއްޙީ ހާލުކޮޅު ރަނގަޅުވަމުން ނުދާތީ އެކަމުގެ މަޢުލޫމާތުވެސް އެކަމަނާ ރައީސް ޞޯލިހު އާއި ޙިއްސާ ކުރައްވަމުން ގެންދެވި ކަމަށް ރައީސް އޮފީހުން މައުލޫމާތު ދެއްވި އެވެ.

މިއީ މި ސަރުކާރުން އިސްތިއުފާ ދެއްވި ދެވަނަ ވަޒީރެވެ. އެގޮތުން އެންމެ ފުރަތަމަ އިސްތިއުފާ ދެއްވީ އަދާލަތު ޕާޓީގެ ފަރާތުން އެ މަގާމުގައި ހުންނެވި ޝިދާތާ ޝަރީފް އެވެ.

އާތިފާ ހައުސިން މިނިސްޓަރަކަށް އައްޔަން ކުރައްވާފައިވަނީ އެމްއާރްއެމްގެ ސްލޮޓެއްގައެވެ. ރައީސް ޞޯލިހު ވަނީ އާތިފާގެ އިސްތިޢުފާއާއިއެކު ހައުސިންގ މިނިސްޓްރީވެސް އުވާލައްވާފައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ