މިލަންދޫއަށް އަންނަ ފަރާތްތަކުން 7 ދުވަސް ވަންދެން ގޭގައި މަޑުކުރުމަށް އިލްތިމާސްކޮށްފި

ށ. މިލަންދޫއަށް އަންނަ ފަރާތްތަކުން 7 ދުވަސް ވަންދެން ގޭގައި މަޑުކުރުމަށްފަހު ރޯގާގެ އަލާމާތެއް ފެނިއްޖެނަމަ އެކަން މިލަންދޫ ސިއްޙީ މަރުކަޒަށް އެންގުމަށް މިލަންދޫ ސިއްޙީ މަރުކަޒުން އިލްތިމާސްކޮށްފި އެވެ.

މިލަންދޫ ސިއްޙީ މަރުކަޒުން ވަނީ ޔެލޯ އެލާޓުގައި އެރަށު މީހުން އަމަލު ކުރައްވަންވީ ގޮތުގެ އިރުޝާދު އާންމު ކުރައްވާފައެވެ. އެގޮތުން ރަށުން ބޭރަށް ގޮއްސައި އަންނަތާ 7 ދުވަސް ވަންދެން ގޭގައި މަޑުކޮށް ރޯގާގެ އަލާމާތެއް އަލާމާތެއް ފެނިއްޖެނަމަ 6540519 އަށް ގުޅާ އެކަން އެންގުމަށް މިލަންދޫ ސިއްޙީ މަރުކަޒުން އިލްތިމާސް ކުރައްވައެވެ.

ބަނދަރުމަތިން އެކަމަށް ޙާއްސަކުރެވިފައިވާ ފަރާތެއް މައުލޫމާތަށް އެދިއްޖެ ހާލަތެއްގައި އެ މައުލޫމާތު ދިނުމަށާއި މިލަންދޫ ސިއްޚީމަރުކަޒުން އެދިއްޖެ ހާލަތެއްގައި ގޭގައި ނުވަތަ ކަރަންޓީން ފެސިލިޓީގައި މަޑުކުރުމަށްވެސް މިލަންދޫ ސިއްޙީ މަރުކަޒުން އިލްތިމާސް ކުރައްވައެވެ.

މިރޭ އެރަށު ސިއްޙީ މަރުކަޒުން ނެރުނު ބަޔާނެއް ގައި ބުނެފައިވަނީ ކޮރޯނާ ވައިރަސް ރާއްޖެއިން ފެނުމާއި ގުޅިގެން މިލަންދޫ ޞިއްހީމަރުކަޒުގައި އެޑްމިޓްކުރެވިފައިވާ ބަލިމީހުން ކައިރިޔަށް ޒިޔާރަތްކުރުން ވަނީ ވަގުތީ ގޮތުން މެދު ކަނޑާލާފައި ކަމަށެވެ. އަދި މިލަންދޫގައި ހިންގާ ޓިއުޝަން ކިލާސް ތަކާއި ޤުރުއާން ކިލާސްތައްވެސް ވަގުތީ ގޮތުން މެދުކަނޑާލުމަށް އެރަށު ސިއްޙީ މަރުކަޒުން ވަނީ އިލްތިމާސް ކޮށްފައެވެ.

މިދުވަސްވަރު މީހުން އެއްވެ އުޅޭ ތަންތަނަށް ގޮސް ނުއުޅުމަށާއި ކޮރޯނާ ވައިރަސް ރާއްޖެއިން ފެނުމާއި ގުޅިގެން އަދި މިބަލީގެ އަސަރު ހުރިކަމަށް ޝައްކުކުރެވޭ ފަރާތެއް މިލަންދޫ އަށް އައިސް އުޅުނުކަމަށް މަޢުލޫމާތު ލިބިފައިވާތީ، މިލަންދޫ ޞިއްޙީމަރުކަޒާއި މިލަންދޫ އެހެނިހެން މުއައްސަސާތަކާއިއެކު، އެކުލަވާލެވިފައިވާ ޓާސްކް ފޯހުން، މިލަންދޫ އަށް އަރައި ފައިބާ ފަރާތްތައް ދެނެގަތުމަށް ނިންމާފައި ވާކަމަށްވެސް ބަޔާނުގައި ބުނެފައި ވެއެވެ.

މިލަންދޫ ބަނދަރުން ލަފާ ފުރާ އެއްމެހައި ފަރާތްތައް ދެނެގަނެ އެފަރާތްތައް ވޭތުވެދިޔަ 14 ދުވަހުތެރޭ ގޮސްފައިވާ ޤައުމުތަކާއި އަރާ ފައިބާފައިވާ ރަށްތައް ދެނެގަނެވޭނެ ކަމަށާއި މިދުވަސްވަރު ކޮންމެހެން ރަށުން ބޭރަށް ދާންޖެހިއްޖެ ހާލަތެއްގައި ނޫނީ ރަށުންބޭރަށް ފުރައިގެން ނުދިއުމަށްވެސް މިލަންދޫ ރައްޔިތުނަށް އެރަށު ސިއްޙީ މަރުކަޒުން ވަނީ އިލްތިމާސްކޮށްފަ އެވެ.

މިލިޔުން ކިޔާލުމުން
1
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ