ދުނިޔޭގައި ހަލުވިކަމާއެކު ފެތުރެމުންދާ ނުރައްކާތެރި ކޮރޯނާ ވައިރަސް (ކޮވިޑް-19) އާއި ގުޅިގެން އިޓަލީގެ ހުރިހާ ކުޅިވަރު ހަރަކާތްތަކެއް މަޑުޖައްސާލުމަށް ނިންމައިފިއެވެ.
އިޓަލީގައި ކޮވިޑް-19 ހަލުވިކަމާއެކު ފެތުރެމުންދާއިރު، އެކަން ހުއްޓުވުމަށް އެޤައުމުގެ ސަރުކާރުން އަޅަމުންދާ ފިޔަވަޅުތަކުގެ ތެރެއިން ހުރިހާ ކުޅިވަރު ހަރަކާތްތަކެއް 3 އޭޕްރީލްއާއި ހަމައަށް މަޑުޖައްސާލުމަށް ނިންމިނަމަވެސް، އެޤައުމުން ބައިިވެރިވާ ބައިނަލް އަޤުވާމީ މުބާރާތްތައް ކުރިއަށް ދާނެކަމަށް އިޓަލީއިންވަނީ ބުނެފައެވެ. އެހެންނަމަވެސް އެފަދަ މެޗުތައްވެސް ކުޅޭނީ ސަޕޯޓަރުން ނުވައްދައެވެ.
އިޓާލިއަން ސީރީއާ އަންނަ މަހުގެ 3 އާއި ހަމައަށް ސަޕޯޓަރުން ނުވައްދާ ކުޅުމަށް ނިންމާފައި ވީނަމަވެސް އެޤައުމުގެ ސަރުކާރުގެ މިނިންމުމާއެކު މިލީގުވެސް މަޑު ޖެހިގެންދާނެއެވެ.
The Italian government has officially suspended all sporting events across the country, including Serie A football matches.
— Front Office Sports (@frntofficesport) March 9, 2020
Per @guardian, all public events have been banned due to the COVID-19 virus, which has led to a nationwide lockdown that was extended on Monday. pic.twitter.com/bUOatTxT4C
ޔޫރަޕްގައި އެންމެ ހަލުވިކަމާއެކު ކޮވިޑް-19 ފެތުރެމުންދަނީ އިޓާލީގައެވެ. އެގޮތުން އިޓަލީއިން 9000 ހާހެއްހާ މީހުން މިވައިރަހަށް ޕޮޒިޓިވްވެފައިވާއިރު، އެޤައުމުން 450 މީހުންވަނީ މިވައިރަހުގައި މަރުވެފައެވެ.
މިވައިރަސް ކޮންޓްރޯލް ކުރުމަށް އިޓަލީގެ ސަރުކާރުން އަޅަމުން ދާ ފިޔަވަޅު ތަކުގެ ތެރެއިން މިލާންގެ ސިޓީތަކާއި، ބާގަމޯގެ ސިޓީތަކުގެ އިތުރުން އަވައްޓެރި ޕްރޮވިންސްތައްވެސްވަނީ ބަންދުކޮށްފައެވެ. މީގެއިތުރުން އެޤައުމުގައި އާންމުން އެއްވެއުޅުމާއި ދަތުރުފަތުރުކުރުންވެސްވަނީ މަނާކޮށްފައެވެ.



