ވަން އެންޑް އޮންލީ ރީތިރަށް މޯލްޑިވްސް - ފޮޓޯ: އޯލްޓްރެވެލް މޯލްޑިވްސް

ރީތިރަށުން ކޮވިޑް-19 އަށް ޝައްކުކުރެވޭ މީހަކު ފެނުމުން، ރަށް ބަންދުކޮށްފި

ވަން އެންޑް އޮންލީ ރީތިރަށުން ކޮވިޑް-19 އަށް ޝައްކުކުރެވޭ މީހަކު ފެނުމުން، ރަށް ބަންދުކޮށްފިއެވެ.

އެޗްޕީއޭއިން ވިދާޅުވީ، ވަން އެންޑް އޮންލީ ރީތިރަށް ރިސޯޓުގައި ހުރި ބިދޭސީއެއްގެ ފަރާތުން ކޮވިޑް-19 އަށް ޝައްކުކުރެވޭ އަލާމާތްތަކެއް ފެނުމުން، ކަރަންޓީނުކޮށް ޓެސްޓު ކުރުމަށް ސާމްޕަލް ނެގުމުގެ މަސައްކަތް ފަށާފައިވާކަމަށެވެ.

އަދި، އެ ރިސޯޓަށް އަރައިފޭބުން ވަނީ ވަގުތީ ގޮތުން ހުއްޓާލެވިފައިވާކަމަށްވެސް އެޗްޕީއޭއިން ވިދާޅުވިއެވެ.

މީގެއިތުރުންވެސް ކޮވިޑް-19 އަށް ޝައްކުކުރެވޭ ޢަލާމަތްތަކެއް ފެނިގެން ބައެއް ރިޒޯޓްތައް ބަންދުކޮށްފައިވާއިރު، އެރަށް ތަކުގެތެރޭގައި ހިމެނެނީ ކުރެއްދޫ އައިލެންޑް ރިސޯޓް (ޅ. އަތޮޅު)، ސޭންޑީޒް ބަތަލާ އައިލެންޑް (އއ. އަތޮޅު)، ވިލަމެންދޫ އައިލެންޑް ރިސޯޓް (އދ. އަތޮޅު) ކުރަމަތި މޯލްޑިވްސް (އއ. އަތޮޅު) އެވެ.

އަދި މިނޫން އެހެން އެއްވެސް ރަށަކަށް އަރައިފޭބުން މަނާކޮށްފައިނުވާކަމަށްވެސް އެޗްޕީއޭއިންވަނީ ވިދާޅުވެފައެވެ.

ވިލަމެންދޫގައި މަސައްކަތް ކުރާ ދިވެއްސަކު ކޮވިޑް-19 އަށް ޝައްކު ކުރެވޭ އަލާމަތްތަކެއް ފެނިގެން ޓެސްޓުތައް ހެދުމުގެ މަސައްކަތް ފަށާފައިވާއިރު، ކުރަމަތި އައިލެންޑް ރިސޯޓުގައި ހުރި ބިދޭސީއެއްގެ ފަރާތުންވަނީ ކޮވިޑް-19 އަށް ޝައްކު ކުރެވޭ ޢަލާމާތްތަކެއް ފެނިފައެވެ.

ކުރެއްދޫ ރިސޯޓާއި، ސޭންޑީސް ބަތަލާއިން ކޮވިޑް-19 އަށް ޕޮޒިޓިވްވެފައިވާ މީހުންވަނީ ފެނިފައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ