ޓީސީ ސްޕޯޓްސް ކްލަބް ލަންކާގައި ކަރަންޓީނު ކުރަނީ

ބަންގްލަދޭޝްގައި މިވަގުތުތިބި ރާއްޖޭގެ ޓީސީ ސްޕޯޓްސް ކްލަބު ލަންކާގައި 14 ދުވަހު ކަރަންޓީން ކުރުމަށް ސަރުކާރުން ނިންމައިފިއެވެ.

ސަރުކާރުން މިގޮތަށް ނިންމީ ދުނިޔޭގައި ހަލުވިކަމާއެކު ފެތުރެމުން އަންނަ ކޮރޯނާ ވައިރަސް ނުވަތަ ކޮވިޑް-19 ބަންގްލަދޭޝްއިންވެސް ފެނިފައިވާއިރު، ސަލަމާތީ ގޮތުން ރައްކާތެރިކަމުގެ ފިޔަވަޅު އެޅުމުގެ ގޮތުންނެވެ. ޓީސީގެ އިތުރުން ރާއްޖޭގެ މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަންވެސް މިވަގުތުވީ އޭއެފްސީ ކަޕް ކުޅެން އިންޑިޔާގަ އެވެ. ނަމަވެސް އެ ޓީމު ކަރަންޓީން ކުރާނެކަމެއްވެސް އަދި ނުކުރާނެކަމެއްވެސް ސަރުކާރުން އަދި ހާމަކޮށްފައެއް ނުވެއެވެ.

ސަރުކާރުން ވިދާޅުވީ، ޓީސީ ސްޕޯޓްސް ކްލަބުން އެނބުރި ރާއްޖެ އަންނާނީ ސްރީ ކަންކާގައި 14 ދުވަހު ކަރަންޓީނުގެ މުއްދަތު ހަމަކޮށްފައި ކަމަށެވެ.

ބަންގްލަދޭޝް އިން ރާއްޖެ އަށް މީހުން އައުން މިވަގުތު މަނަލެވެ. އެހެންވެ ދެ ގައުމުގެ މެދުގައި މިހާރު ސީދާ ދަތުރުތަކެއް ނެތެވެ. އެކަމަކު ލަންކާ އިން އެފަދަ ނިންމުމެއް ނިންމާފައިނުވާތީ ޓީސީ އަށް ލަންކާ އަށް ދެވޭނެކަމަށާއި، އަދި އެތަނުގައި ޕްރެކްޓިސްކުރުމުގެ ފުރުސަތު ލިބިގެންދާނެކަމަށްވެސް ސަރުކާރުންވަނީ ވިދާޅުވެފައެވެ.

ޓީސީ ބަންގްލަދޭޝްއަށް ގޮސްފައިވަނީ އޭއެފްސީ ކަޕްގެ ގްރޫޕް ސްޓޭޖުގައި ބަންގްލަދޭޝްގެ ބަޝަންދުރަ ކިންގްސް އާއި ދެކޮޅަށް ކުޅުމަށެވެ. މިއަދު ބަޝަންދުރަ ކިންގްސް އާއި ދެކޮޅަށް ކުޅުނު މެޗުން ޓީސީވަނީ 5-1 ގެ ނަތީޖާއަކުން ދަށްވެފައެވެ.

އެޤައުމުގައި ތިބީ ޓީސީގެ ޓީމާއި ޔޫތު މިނިސްޓަރ އަޙުމަދު މަހްލޫފް ވަނީ ފޯނުން ގުޅުއްވައި ޓީމުގެ ހާލަތު ބައްލަވާލައްވާފައިވާކަމަށްވެސް ސަރުކާރުންވަނީ ވިދާޅުވެފައެވެ.

ކޮވިޑް-19 އާއެކު ދުނިޔޭގެ އެކި ޤައުމުތަކުގެ ކުޅިވަރު ޙަރަކާތްތަކަށްވެސް އަސަރުކޮށްފައިވާއިރު، މިވައިރަސް ރާއްޖޭގައި އުޅޭތީވެ ފުޓްބޯޅަ އާއި އެތްލެޓިކްސްގެ ހުރިހާ ހަރަކާތެއް މިހާރުވަނީ ހުއްޓާލައިފައެވެ.

ރާއްޖެއިން މިހާތަނަށް 8 މީހަކު މިވައިރަހަށްވަނީ ޕޮޒިޓިވް ވެފައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ