ލަންކާގައި ތިބި ޓީސީގެ ކުޅުންތެރިން މާލެ ގެނަސްފި

ރާއްޖެ ނާދެވި ލަންކާގައި ތާށިވެފައިތިބި ޓީސީ ސްޕޯޓްސް ކްލަބުގެ ކުޅުންތެރިން މާލެ ގެނަސްފިއެވެ.

އޭއެފްސީ ކަޕްގެ ގުރޫޕް ސްޓޭޖުގައި ބަންގުލަދޭޝްގެ ބޮށުންދަރާ ކިންގްސްއާއެކު ކުޅުނު މެޗަށް ފަހު ރާއްޖެ ނާދެވި ލަންކާގައި ތިބި ޓީސީގެ ކުޅުންތެރިން މިރޭ މާލެ ގެނައްސައިވަނީ މޯލްޑިވިއަންގެ ފްލައިޓެއްގައެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި އެ ކުޅުންތެރިން ރާއްޖެ ގެނެސްފައިވަނީ ޔޫތު މިނިސްޓްރީގެ ހަރަދުގަ އެވެ.

މީގެ އެއް ގަޑިއެއްހާއިރު ކުރިން ރާއްޖޭގެ މައްސޫރު ފުޓުބޯޅަ ކުޅުންތެރިޔާ އަލީ އަޝްފާޤު ކުރި ޓްވީޓެއްގައި ވަނީ ޓީސީ ކުޅުންތެރިން ލަންކާއިން މާލެ ދާކަން ހާމަކޮށްފައެވެ.

މީގެކުރިން ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފް ވިދާޅުވެފައިވަނީ ޓީސީގެ ކުޅުންތެރިންނާއި އޮފިސަލުން، ވަކި ފްލައިޓެއްގައި ރާއްޖެ ގެންނަން މަސައްކަތް ކުރެވޭ ކަމަށް ދެކެވޭ ވާހަކަތަކުގައި ހަގީގަތެއް ނެތް ކަމަށާ އަދި އެފަދަ މަޝްވަރާއެއްވެސް ކުރެވިފައިނުވާ ކަމަށެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ