ބަޔަކު މަރުވާއިރުވެސް އަހަރެމެން ފުޓްބޯޅަ ކުޅުމުގައި: ނޫނޯ

ދުނިޔޭގައި ހަލުވިކަމާއެކު ފެތުރެމުންދާ ނުރައްކާތެރި ކޮރޯނާ ވައިރަސް (ކޮވިޑް-19) ގެ ސަބަބުން މީހުން މަރުވަމުންދާއިރުވެސް ފުޓްބޯޅަ ހުއްޓާނުލައި ކުރިއަށްދާތީ މިއީ އަދި އެންމެ ރަނގަޅުގޮތް ނޫންކަމަށްބުނެ، ވޯލްވްސްގެ ކޯޗު ނޫނޯ ސުވާލު އުފައްދައިފިއެވެ.

ޔޫރޮޕާ ލީގުގައި ރޭ 1-1 ގެ ނަތީޖާއުން އޮލިމްޕިއާކޯސް އަދި ވޯލްވްސް ބައްދަލުކުރި މެޗަށްފަހު ވާހަކަދައްކަމުން ނޫނޯ ބުނީ، ދުނިޔޭގައި މިހާރު ފެތުރެމުންދާ ނުރައްކާތެރި ވައިރަހާއެކު ހިނގަމުންދާ ހާދިސާތަކާއި ގުޅިގެން ކުޅުންތެރިން ފުޓްބޯޅަ ކުޅެނީ ބަރު ހިތަކާއެކު ކަމަށެވެ.

އޮލިމްޕިއާކޯސްގެ ވެރިޔާ އިވަންގެލޯސް މިރަނަކިސް ކޮވިޑް-19 އަށް ޕޮޒިޓިވްވެފައިވުމާއި ގުޅިގެން ކަރައިސްކަކިސް ސްޓޭޑިއަމްގައި ރޭ މެޗު ކުޅެފައިވަނީ ސަޕޯޓަރުން ނުވައްދައެވެ.

"އެބަ އެނގޭ މިވައިރަހުގައި ދުނިޔޭގެ އެކި ހިސާބުތަކުގައި މީހުން މަރުވަމުންދާކަން. އެހެންނަމަވެސް އަހަރެމެއް ހުއްޓާނުލައި މިދަނީ ފުޓްބޯޅަ ކުޅެމުން. މިއީ އަދި އެންމެ ރަނގަޅު ގޮތެއް ނޫން." ނޫނޯ ބުންޏެވެ.

މީގެއިތުރުން ނޫނޯ ބުނީ، ސަޕޯޓަރުން ނުވައްދާ ފުޓްބޯޅަ ކުޅުމުގެ އެއްވެސް މާނައެއް ނެތްކަމަށާއި، މިއީ ޙައްލެއް ނޫންކަމަށެވެ. މިކަމަށް އިތުރު ޙައްލެތް ނެތްނަމަ މިވަގުތަށް ފުޓްބޯޅަ ހަރަކާތްތައް ހުއްޓާނުލަންވީ ކީއްވެތޯވެސް ނޫނޯވަނީ ސުވާލުކޮށްފައެވެ.

މިލިޔުން ކިޔާލުމުން
21
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ