ފޮޓޯ: ސްކައި ސްޕޯޓްސް

ޔޫރޮޕާ ލީގު - ޔުނައިޓެޑް އަދި އިންޓަރ ސެމީ އަށް

މެންޗެސްޓަރ ޔުނައިޓެޑް އަދި އިންޓަރ މިލާން ޔޫރޮޕާ ލީގު ސެމީ ފައިނަލަށް ދަތުރުކޮށްފިއެވެ.

މެންޗެސްޓާރ ޔުނައިޓެޑް ސެމީއަށް ދަތުރުކޮށްފައިވަނީ ކުއާޓާރ ފައިނަލްގައި ރޭ ކުޅުނު މެޗުން 1-0 ގެ ނަތީޖާއަކުން ކޯޕަންހޭގަންގެ މައްޗަށް ކުރި ހޯދައިގެންނެވެ.

މެޗުގެ ފުރަަތަމަ ހާފުގައި ޔުނައިޓެޑަށް މާއެދެވޭ ކުޅުމެއްދެއްކިފައި ނުވިނަމަވެސް، ކޯޕަންހޭގަން ކޮޅަށް މަދުން ނަމަވެސް ނުރައްކާ ކޮށްފައިވެއެވެ. އެގޮތުން ފަނަންޑޭޒް ބޮލުން ފޮނުވާލި ހަމަލާއާއި ދފފފ ފަހަގަކޮށްލެވެއެވެ. އަދި ފުރަތަމަ ހާފުގެ ފަހުވަގުތު ކޮޅުގައި މޭސަން ގްރީންވުޑު ޔުނައިޓެޑަށް ލީޑު ނަގައިދިންނަމަވެސް ވީއޭއާރުން އެލަނޑު ކެންސަލްކޮށްފައިވަނީ އޮފްސައިޑުގައި ހުރެ މޭސަން އެބޯޅަ ކުޅެފައިވާތީއެވެ.

ދެވަނަ ހާފުގައި ޔުނައިޓެޑުގެ ހަމަލާތައްވަނީ އިތުރަށް ވަރަގަދަކޮށްފައެވެ. ޔުނައިޓެޑުން މުޅިމެޗުގައި 26 ހަމަލާއެއް އުފައްދާފައިވާއިރު، މިހަމަލާތައް ދިފާޢު ކުރުމުގައި ކޯޕަންހޭގަންގެ ކީޕަރު ޖޯންސަންވަނީ މުހިންމު ދައުރެއް އަދާކޮށްފައެވެ. އޭނާ ވަނީ ޔުނައިޓެޑުގެ 13 ހަމަލާއެއް ދިފާޢުކޮށްފައެވެ.

ޔުނައިޓެޑުގެ ހަމައެކަނި ލަނޑު ޖަހާފައިވަނީ ލިބުނު ޕެނަލްޓީއަކުންނެވެ. މެޗުގެ އިތުރު ވަގުތުގައި މާޝިއާލްއަށް ކޯޕަންހޭގަންގެ ޑިފެންޑަރު ޔޭލެންޑް ކުރި ފައުލަކާއި ގުޅިގެން ލިބުނު މިޕެނަލްޓީ ކާމިޔާބުކޮށްފައިވަނީ ބްރޫނޯ ފާނަންޑޭސްއެވެ.

މީގެ ހަތަރު އަހަރުކުރިން މިމުބާރާތް ކާމިޔާބުކޮށްފައިވާ ޔުނައިޓެޑް ސެމީގައި ބައްދަލަކުރަން ޖެހޭނީ ވޯލްވްސް އަދި ސެވިއްޔާ ބައްދަލުކުރާ މެޗުން މޮޅުވާ ޓީމަކާއެވެ.

ލެވަކޫސަން ބަލިކޮށް އިންޓަރ މިލާން ސެމީއަށް

އިންޓަރ މިލާން ސެމީއަށް ދަތުރުކޮށްފައިވަނީ ކުއާޓަރ ފައިނަލްގައި ލެވަކޫސަންގެ މައްޗަށް 2-1 ގެ ނަތީޖާއަކުން ކުރި ހޯދައިގެންނެވެ.

ފޯރިގަދަ ކުޅުމެއް ފެނިގެންދިޔަ މިމެޗުގެ ފުރަތަމަ ދެލަނޑުވެސް ޖަހާފައިވަނީ އިންޓަރ މިލާންއިންނެވެ. އިންޓަރގެ ފުރަތަމަ ލަނޑު މެޗުގެ 15 ވަނަ މިނަޓްގައި ބަރެއްލާ ކާމިޔާބުކޮށްދީފައިވާއިރު، އޭގެ ހަ މިނަޓް ފަހުން ލުކާކޫވަނީ އިތުރު ލަނޑެއް ޖަހައި އިންޓަރއަށް ލީޑު ފުޅާކޮށްދީފައެވެ. ނަމަވެސް ތިން މިނަޓްފަހުން ލެވަކޫސަންއިން ލީޑު ހަނިކުރީ ވޮލަންޑް ޕާހަކުން ހަވާޓްޒް ކާމިޔާބުކޮށްދިން ލަނޑުންނެވެ.

ރޭގެ މެޗުގައި ލުކާކޫ ޖެހި ލަނޑާއެކު އޭނާވަނީ ޔޫރޮޕާ ލީގުގައި ޖެހެޖެހިގެން ނުވަ މެޗުގައި ލަނޑުޖެހި ފުރަތަމަ ކުޅުންތެރިޔާއަށް ވެގެން ގޮސްފައެވެ. މީގެތެރޭގައި 2014-15 ސީޒަންގައި އެވަޓަންއަށް ކުޅުނު ފަސް މެޗުވެސް ހިމެނެއެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ