އައިމިނަތު ނާދިރާ - ފޮޓޯ: ސަން

"އިނާޔަތާއި، ހިމާޔަތާއި، ބޮޑު މުސާރަޔާއެކުވެސް އިންސާފުވެރިކަމާއެކު ޚިދުމަތެއް ނުކުރެވުނު"

18 ވަނަ ރައްޔިތުންގެ މަޖިލީހުގެ ދައުރު ނެވާ ހޮޅިއަށް އެޅިފައިވާ މި ދަނޑިވަޅުގައި، ވަކިން ޚާއްޞަކޮށް ގިނަ މެންބަރުންތަކެއްގެ މަޖިލީހުގެ ދައުރު ހަމަވެ އަލުން މަޖިލީހަށް ވަނުމުގެ ނަސީބު ލިބިފައި ނުވާ މިދަނޑިވަޅުގައި އިނާޔަތްތަކުގެ އަޑު މިވަނީ ގަދަވެފައެވެ.

މަޖިލީހުގެ ދައުރު ނިންމާ މެންބަރުންނަށް އިނާޔަތްތައް ދިނުމާއި، ފަނޑިޔާރުންނަށް އެލަވަންސް ދިނުމުގެ އިތުރުން ކުރީގެ ނައިބު ރައީސުންނަށް އިނާޔަތް ދިނުމަކީވެސް މިއަދު މީސްމީޑިއާގައި އެންމެ ގަދަޔަށް ދެކެވޭ އިނާޔަތްތަކުގެ ތެރޭގައި ހިމެނޭ ކަންކަމެވެ.

ގަލޮޅު ދެކުނު ދާއިރާއަށް މަޢުމޫންގެ ތާއީދާއެކު ވާދަކުރެއްވި އައިމިނަތު ނާދިރާ މިވަނީ އިނާޔަތްތައް ބޮޑު ކުރުމަށް ކުރަމުންދާ މަސައްކަތްތަކަށް ފާޑުވިދާޅުވެފައެވެ.

"ހުރިހާ އިނާޔަތްތަކާއި، ހިމާޔަތްތަކާއި ބޮޑު މުސާރަ ދީފައި ތިބޭ މީހުންނަށް އަދިވެސް އިތުރު ކުރެވޭތޯ. އެހުރިހާ ކަމެއް އޮތްއިރު އިންސާފުވެރި ފަނޑިޔާރުގެއެއް، ރައްޔިތުންނަށް ޚިދުމަތް ކުރި މަޖިލީހެއް، މިނިވަން މުއައްސަސާއެއްވެސް ރައްޔިތުންނަކަށް ނުފެނުނު." ނާދިރާ ވިދާޅުވިއެވެ.

ނާދިރާ އިތުރަށް ވިދާޅުވީ، އަދިވެސް މަސައްކަތް ކުރައްވަނީ އަމިއްލަ މަންފާއަށް ކަމަށާއި، އެއީ "ބޮޑުވަރު" ކަމަށެވެ.

އިނާޔަތްތައް ބޮޑު ކުރުމާ ދެކޮޅަށް ނާދިރާ އަޑު އުފުއްލެވިއިރު، ކުރީގެ ފަނޑިޔާރުންނަށާއި މަޖިލިސް މެންބަރުންނަށް އިނާޔަތް ދޭން ފަސް ކުރިޔަސް ދެން ހުވާ ކުރާ މަޖިލީހުގައި އެ ބިލުތައް އަނބުރާ ރުޖޫއަ ކުރާނެ ކަމަށް އާ މަޖިލީހަށް އިންތިހާބުވެވަޑައިގެންފައިވާ ގަލޮޅު އުތުރު ދާއިރާގެ މެންބަރު އީވާ އަބްދުﷲ ވެސް ވަނީ ވިދާޅުވެފައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
ފަހުގެ އަޕްޑޭޓް
ފަހުގެ އަޕްޑޭޓް