އިލެކްޝަންސް ކޮމިޝަނުގެ ރައީސް އަދި ލީގަލް ޓީމު - ފޮޓޯ: އީސީ

އިލެކްޝަންސް ކޮމިޝަނުގެ ރަސްމީގަޑިއަށްވެސް ބަދަލުގެނެސްފި

ނުރައްކާތެރި ކޮވިޑް-19 އާއި ގުޅިގެން ރައްކާތެރި ފިޔަވަޅެއްގެ ގޮތުން ދިވެހިރާއްޖޭގެ އިލެކްޝަންސް ކޮމިޝަނުގެ ރަސްމީ ގަޑިއަށް ބަދަލުގެނެސްފިއެވެ.

މި ބަދަލު ގެނެސްފައިވާކަން އިލެކްޝަންސް ކޮމިޝަނުން ހާމަކޮށްފައިވަނީ މިހާރު ކުރިއަށްދާ ޚާއްޞަ ނޫސްވެރިންގެ ބައްދަލުވުމުގައި އެ ކޮމިޝަނުގެ ރައީސް އަޙްމަދު ޝަރީފްއެވެ.

އިލެކްޝަންސް ކޮމިޝަނުގެ ޢާއްމު ރަސްމީ ގަޑިއަކީ ހެނދުނު 08:00 އިން ހަވީރު 03:00 އަށް ނަމަވެސް މާދަމާއިން ފެށިގެން އެ ކޮމިޝަނުގެ ރަސްމީ ގަޑީގެ ގޮތުގައި ކަނޑައަޅާފައިވަނީ ހެނދުނު 08:00 އިން މެންދުރުފަހު 02:00 އެވެ.

އިލެކްޝަންސް ކޮމިޝަނުން މިއަދު މިވަނީ އަޅުގަނޑުމެންގެ މި ހާލަތްތަކާ އެކުގައި ބައެއް ކަންތައްތައް ނިންމާފައި. އަޅުގަނޑުމެން އެގޮތުން މިވަނީ އިލެކްޝަންސް ކޮމިޝަނުގެ ރަސްމީ ގަޑިއަށް ވަރަށް ބޮޑު ބަދަލެއް ގެނެސްފައި. އެގޮތުން އަޅުގަނޑުމެންގެ ރަސްމީ ގަޑި މިހާރު މިވަނީ ހެނދުނު 08:00 އިން މެންދުރުފަހު 02:00 އަށް ބަދަލުކޮށްފައި." އީސީގެ ނައިބު ރައީސް އަހްމަދު އަކްރަމް ވިދާޅުވިއެވެ.

އަކްރަމް އިތުރަށް ވިދާޅުވީ، މި ބަލީގެ އަލާމާތެއް ފެނިއްޖެނަމަ އިލެކްޝަންސް ކޮމިޝަނުގައި މަސައްކަތްކުރާ ފަރާތްތަކުގެ ތެރެއިން 55 އަހަރަށްވުރެ ދޮށީ އުމުރުފުރައިގެ ފަރާތްތަކަށް ޚާއްޞަ ޗުއްޓީއެއްގެ ގޮތުގައި 30 ދުވަހުގެ ޗުއްޓީއެއް ދޭގޮތަށްވެސް ނިންމާފައިވާ ކަމަށެވެ.

އެޗްޕީއޭއިން ކަނޑައަޅާފައިވާ ސާފުޠާހިރުކަމުގެ ފިޔަވަޅުތައް އަޅާފައިވާ ކަމަށްވެސް އިލެކްޝަންސް ކޮމިޝަނުން ވަނީ ވިދާޅުވެފައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ