ކޮވިޑް-19: އެންމެ ބޮޑު ރިސްކެއްގައި ތިބީ ރިސޯޓު މުވައްޒަފުން: ރޮޒޭނާ

ހަލުވި ކަމާއިއެކު މުޅި ދުނިޔޭގައި ފެތުރެމުންދާ ކޮވިޑް-19 ގައި ރާއްޖެއިން އެންމެ ނުރައްކާތެރިކަން ބޮޑީ ރިސޯޓު މުވައްޒަފުންނަށް ކަމަށް އެމްޑީޕީ ޕާލަމެންޓްރީ ގްރޫޕްގެ ޗީފް ވިޕް އަދި އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒެއިނާ އާދަމް ވިދާޅުވެއްޖެ އެވެ.

ރޮޒޭނާ ކުރެއްވި ޓްވީޓުގައި ވިދާޅުވެފައިވަނީ ރިސޯޓު ތަކާއި ގެސްޓު ހައުސްތަކުގައި މަސައްކަތް ކުރައްވާ މުވައްޒަފުންނަށް ޝުކުރު ދަންނަވާ ކަމަށެވެ. ކޮވިޑް-19 ޖެހުމުގެ އެންމެ ފުރުޞަތު ބޮޑު ބަޔަކީ ރިސޯޓު ތަކުގަޔާއި ގެސްޓު ހައުސް ތަކުގައި މަސައްކަތް ކުރައްވާ މުވައްޒަފުން ކަމަށެވެ.

ރާއްޖެ މިހާލަތުގައި ހިންގުމުގެ އެންމެ ބޮޑު މަސައްކަތް ކުރަމުންދަނީ އާއިލާ އާއި ދުރުގައި މަސައްކަތް ކުރައްވާ ރިސޯޓު މުވައްޒަފުންނާއި ގެސްޓު ހައުސްތަކުގެ މުވައްޒަފުންގެ ސަބަބުން ކަމަށް ރޮޒޭނާ ވިދާޅުވިއެވެ. އަދި ރިސޯޓު ތަކާއި ގެސްޓު ހައުސް ތަކުގައި މަސައްކަތް ކުރައްވާ މުވައްޒަފުން ވަމުންދާ ޤުރުބާނީ އަށް ރޮޒޭނާ ވަނީ ޝުކުރު ދަންނަވާފައެވެ.

މީގެ ކުރިންވެސް ރޮޒޭނާ ވަނީ ރިސޯޓު ތަކުން މުވައްޒަފުން ކޮވިޑް-19 އާއި ބެހޭ މައުލޫމާތު އެޗްޕީއޭ އާއި ހިއްސާކުރުމަށް އެދިލައްވާފައެވެ. ރޮޒޭނާ ވިދާޅުވީ ބައެއް ރިޒޯޓްތަކުން ކޮވިޑް-19 ގެ އަލާމާތްތައް ފެންނަ މީހުންގެ ވާހަކަ ސިއްރުކުރާ ކަމުގެ މަޢުލޫމާތު ލިބެމުންދާކަމަށެވެ. އެއްވެސް ސްޓާފަކަށް މިފަދަކަމެއް އެނގޭނަމަ އަވަހަށް ސިއްރުނުކޮށް އަވަހަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ އެޗްޕީއޭއަށް އެންގެވުން އެދޭކަމަށާއި އަދި އެމުވައްޒަފުންނަށް ވިސްލްބްލޯވާ ޕްރޮޓެކްޝަން ޤާނޫނުގެ ދަށުން ހިމާޔަތް ލިބޭނެ ކަމަށްވެސް ރޮޒައިނާ ވަނީ މީގެ ކުރިން ވިދާޅުވެފައެވެ.

މިލިޔުން ކިޔާލުމުން
3
ގުޅުންހުރި ލިޔުންތައް

4 Responses

  1. ދިވެހިދަރިއެއް

    ރިސޯޓު މުވައްޒަފުންނައް ރައްކާތެރި ކަމައްޓަކައި މާސްކު އެޅުމުގެ ހުއްދަ ދޭންޖޭހޭ. ކޮބައިތޯ އެމީހުންގެ ހައްގުތައް??

  2. މީހެއް

    މިވެރިކަމުގާ ތިބޭނީ ގޭގައި

    1
    1
  3. އަހަރެން

    ރިޒޯރޓް މުވައްޒަފުން އެކަންޏެއް ނޫން އިނގޭތޯ ސަފާރީ ގައި އުޅޭ މުވައްޒަފުންވެސް ހިމެނޭ!

  4. ރިޒޯޓް މުއައްޒިފެއް... (ފ.ލ.މ)

    މި ރިރޯޓްގައި ސިސްޕެކްޓް ކުރެވޭ 3 މީހުން އެބަ ތިބި. އެކަމަކު ރިޒޯޓުން މިކަން ވަނީ ސިއްރު ކޮއްފައެވެ. ރިޒޯޓް ބަންދު ވެދާނެތީއެވެ. ބަލި ސްޓާޕުންނައް ރޫމް ބަންދު ވެސް ނުކުރޭ. އެއިީ މެނޭޖަރެއް އަދި ސާވިސް ސްޓާފަކާއި މިތާ ގެ ނަރުހެވެ. ބަލި ގެ އަސަރު ފެންނަ އިރު ވެސް މި މަސައް ކުރަނ ޖެހެނީ އެންމެން އެއްކޮށެވެ. ބިރު ހުންނަަީ ސިކުންޑީގަ ހަރުލާފައެވެ. ގެއަކައް ދެވެނީކީ ވެސް ނޫނެވެ. މި ތިބީ ބަންދު ވެފައެވެ. މާސްކެއް ވެސް އަޅަން އެހުމުން ހުއްދަ އެއް ނުލިބުނެވެ. 🙁 ސްޓޯރީ އޮފް އަވަރް ލައިފް.

ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ