ލަންކާގައި ހަމަލާ ދިންކަމަށް ބުނާ މީހުން، މެދުގައި މޫނު ނިވާނުކޮށް ޒަހްރާން ހާޝިމް

ލަންކާ ހަމަލާގެ ބައިވެރިއަކު ރާއްޖެ ދަތުރުކުރި ޚަބަރު އިމިގްރޭޝަނުން ދޮގުކޮށްފި

އަވަށްޓެރި ސްރީލަންކާގައި މިމަހުގެ 21 ވަނަ ދުވަހު ދިން ނިރުބަވެރި ހަމަލާގެ ބައިވެރިޔަކު ރާއްޖެ ދަތުރުކުރިކަމަށް މީޑިއާގައި ދެކެވޭ ވާހަކަތައް ދިވެހި އިމިގްރޭޝަނުން ދޮގުކޮށްފިއެވެ.

މިވާހަކަތައް ދޮގުކޮށް ދާދިދެންމެއަކު އިމިގްރޭޝަނުން ކުރި ޓުވީޓެއްގައި ބުނެފައިވަނީ، ސްރީލަންކާގައި ދިން ހަމަލާތަކުގައި އިސްކޮށް ހަރަކާތްތެރިވި ފަރާތެއް ކަމަށްވާ މައުލަވީ ޒަހްރާން ހާޝިމް މީގެކުރިން ރާއްޖެ އައިސް އުޅެފައިވާކަމަށް ދެކެވޭ ވާހަކަތަކަކީ ދޮގު ވާހަކަތަކެއް ކަމަށާއި، ޒަހްރާން ހާޝިމް ރާއްޖެ އައިކަމަށްބުނާ ތާރީހުގައި އޭނާ ރާއްޖެ އައިސްފައި ނުވާކަމަށެވެ. އަދި މިތާރީހުގެ ފަހުންވެސް ޒަހްރާން ހާޝިމް ރާއްޖެ އައިސްފައި ނުވާކަމަށެވެ. މިގޮތުން އިމިގްރޭޝަންގެ ރިކޯޑުތައް ދައްކާ ގޮތުން ފާއިތުވި ފަސް އަހަރު ތެރޭގައި ވެސް އަދި އޭގެ ކުރިން ވެސް ރާއްޖެ އައިސްފައި ނުވާކަމަށެވެ.

މައުލަވީ ޒަހުރާން ހާޝިމް ރާއްޖެ އައިކަމަށް ވާހަކަ ދެކެވެން ފަށައިފައިވަނީ ޝިރީޝް ތޯރަތް ނަމަކަށް ކިޔާ ލިޔުންތެރިޔަކު ކުރި ޓުވީޓަކާއި ގުޅިގެންނެވެ. މިގޮތުން މިބޭފުޅާގެ ޓުވީޓުގައި ބުނެފައިވަނީ ސްރީލަންކާގައި ބޮންގޮއްވި ހާދިސާގައި ބައިވެރިވާ މައުލަވީ ޒަހުރާން ހާޝިމް 2016 އަހަރުން ފެށިގެން ރާއްޖޭގައި އުޅެފައި ވާކަމަށާއި މިމުއްދަތުގައި ހަނގުރާމަވެރި ޖަމާއަތްތަކަށް މީހުން ފޮނުވުމުގެ މަސައްކަތް މައުލަވީ ޒަހުރާން ހާޝިމް ކޮށްފައިވާ ކަމަށެވެ.

https://twitter.com/shirishthorat/status/1120231305042481152

މީގެ އިތުރުން އިމިގުރޭޝަނުން ބުނެފައިވަނީ ލަންކާއަށް ދިން ހަމަލައާ ގުޅިގެން ރާއްޖެއަށް ވެސް އޭގެ ނުރައްކާ ކުރިމަތިވެދާނެ ކަމަށް ބަލައި، ރާއްޖެ އާއި ބޭރުގެ ސެކިއުރިޓީ އެޖެންސީތަކާ ގުޅިގެން ފިޔަވަޅު އަޅަން ފަށާފައިވާ ކަމަށެވެ. ހާއްސަކޮށް އެފަދަ ޓެރަރިޒަމް ހަމަލާއަކުން ރައްކާތެރިވުމަށް ބޯޑާ ސެކިއުރިޓީ ވަރުގަދަކޮށްފައިވާ ކަމަށެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ