ހަލުވި ކަމާއިއެކު ފެތުރެމުންދާ ކޮވިޑް-19 އަށް ރިއު ހޮޓެލްސް މޯލްޑިވްސް ރިސޯޓުން ސައްކު ކުރެވޭ މީހަކު ފެނިގެން ޓެސްޓު ކުރުމުގެ މަސައްކަތް ފަށައިފިއެވެ.
އެޗްޕީއޭ އިން ދެންމެ ބުނީ ރިއު ހޮޓެލްސް މޯލްޑިވެސް ރިސޯޓުން ބޭރު މީހަކު ކޮވިޑް-19 ގެ އަލާމާތްތައް ފެނިގެން ޓެސްޓު ކުރުމުގެ މަސައްކަތް ކުރިޔަށްދާ ކަމަށެވެ.
ދ އަތޮޅުގައި އޮންނަ މިރިސޯޓު މިހާރު ވަނީ މޮނިޓަރިން ގައެވެ. ޓެސްޓްގެ ނަތީޖާ ލިބެންދެން އެމީހާ ވަނީ ހޯމް އައިސޮލޭޝަނަށް ލެވިފައި ކަމަށްވެސް އެޗްޕީއޭއިން ހާމަކޮށްފައި ވެއެވެ.
ރާއްޖެ އިން ވޭތުވެ ދިޔަ 24 ގަޑިއިރުވެސް އެއްވެސް ފަރާތެއް ކޮވިޑް-19 އަށް ޕޮޒިޓިވް ވެފައި ނުވާއިރު މިހާތަނަށް ރާއްޖެ އިން ޕޮޒިޓިވް ވެފައިވަނީ 13 ބިދޭސީން ނެވެ.




