މާޅޮހު މަސް ފެކްޓްރީގައި އަލިފާން ރޯވެއްޖެ

އއ. މާޅޮހު ގައި ހުންނަ މަސް ފެކްޓްރީގައި އަލިފާނުގެ ހާދިސާއެއް ހިނގައިފިއެވެ.

ފުލުހުން ވިދާޅުވީ މިއަދު 6:45 ހާއިރު މާޅޮހު ގައި ހުންނަ މަސް ފެކްޓްރީގައި އަލިފާނުގެ ހާދިސާއެއް ހިނގައިގެން އުޅޭކަމަށް ފުލުހުންނަށް ރިޕޯޓް ކޮށްފައިވާކަމަށެވެ.

މިހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބަފައެއް ނުވެއެވެ.

ރޯވި އަލިފާންގަނޑު މިހާރު ކޮށްޓްރޯލް ކުރެވިފައިވާކަމަށްވެސް ފުލުހުން މައުލޫމާތު ދެއްވައެވެ.

މި މައްސަލަ މިހާރު ފުލުހުންދަނީ އިތުރަށް ތަހުޤީގު ކުރަމުންނެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ