ބޭރު ޤައުމުތަކުން އަންނަ ދިވެހިން ކަރަންޓީނުވާން އެޗްޕީއޭއިން އަންގައިފި

ބޭރު ޤައުމުތަކުން އަންނަ ދިވެހިން ކަރަންޓީނުވާން ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އަންގައިފިއެވެ.

އެޗްޕީއޭއިން މިއަދު އާންމުކޮށްފައިވާ އެންގުމެއްގައި ވިދާޅުވީ، 2020 މާރިޗު 18 ވަނަ ދުވަހުގެ ރޭ 12:00 އިން ފެށިގެން ވަކި ގޮތެއް އަންގަންދެން ޔުނައިޓެޑް ސްޓޭޓްސް އޮފް އެމެރިކާ (ޔޫ.އެސް.އޭ.) އިން ދިވެހިރާއްޖެއަށް އަންނަ ދިވެހީން، ސަރުކާރުން ކަނޑައަޅާ ތަނެއްގައި 14 (ސާދަ) ދުވަހުގެ މުއްދަތަށް ކަރަންޓީނު ކުރުމުށާއި، ކޮވިޑް-19 އާ ގުޅިގެން މިހާތަނަށް ދިވެހިރާއްޖެއަށް އެތެރެވުން މަނާކޮށްފައިވާ ޤައުމުތައް ނުވަތަ ސަރަޙައްދުތައް
ފިޔަވައި އެހެނިހެން ޤައުމުތަކުން އަންނަ ދިވެހީން 14 (ސާދަ) ދުވަހުގެ މުއްދަތަށް ގޭގައި އެކަހެރިކުރުން (ހޯމް
އައިސޮލޭޝަން) ވުމަށް އަންގާކަމަށެވެ.

އަދި މިފިޔަވަޅުތައް ތަންފީޛުކޮށް، އެ ފިޔަވަޅުތަކަށް ފުރިހަމަޔަށް ޢަމަލުކުރުމަށް، އެންމެހައި އިދާރާތަކަށާއި ފަރާތްތަކަށް އެޗްޕީއޭއިން އަންގާފައިވާއިރު، މި އެންގުމާ ގުޅިގެން ދައުލަތުގެ ކަމާބެހޭ މުއައްސަސާތަކުން އަދާކުރަންޖެހޭ ޒިންމާތައް އަދާކުރުމުގެ ގޮތުން އަޅާ ފިޔަވަޅުތަކާއި ދޭ އިރުޝާދުތަކާ އެއްގޮތަށް ޢަމަލުކުރުމަށް އެންމެހައި ފަރާތްތަކަށް އަންގާކަމަށްވެސް އެޗްޕީއޭއިން ވިދާޅުވިއެވެ.

އެޗްޕީއޭއިން އިތުރަށް ވިދާޅުވީ، ކަރަންޓީނުވާން ނުވަތަ އެކަހަރިވާން އަންގާ އެންގުމާ ޚިލާފުވާ ފަރާތްތައް -/5000 (ފަސްހާސް) ރުފިޔާއަށް ވުރެ ބޮޑު ނޫން އަދަދަކުން ޖޫރުމަނާ ކުރުމުގެ އިތުރުން، އެންގުންތަކާ ޚިލާފުވާ ފަރާތްތަކުގެ ނަން އާންމުކޮށް ހާމަކުރެވޭނެކަމަށެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ