ކޮވިޑް-19: މާލެ ލޮކްޑައުން ކުރާކަށް މަސްވަރާއެއް ނުކުރެވޭ: މަބްރޫކް

މާލެ ލޮކްޑައުން ކުރަން މަސްވަރާކޮށްފައި ނުވާ ކަމަށާއި މާލެ ލޮކްޑައުން ކުރުމަށް ވިސްނަމުން ނުދާކަމަށްވެސް ކޮވިޑް-19 ޓާސްކު ފޯސްގެ ތަރުޖަމާން މަބްރޫކް އަޒީޒް ވިދާޅުވެއްޖެ އެވެ.

ނޫސްވެރިއަކު ވިޔަފާރި ތައް ބަންދު ކުރުމަށް މަސްވަރާ ކުރެވޭ ކަމަށް ދެކެވޭ ވާހަކައާއި ގުޅޭ ގޮތުން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ރައީސް އޮފީހުގެ އަންޑާ ސެކްރެޓަރީ މަބްރޫކް ވިދާޅުވީ އެއީ ބޮޑު ދޮގެއް ކަމަށެވެ. ވިޔަފާރި ތައް ބަންދު ކުރުމަށްވެސް މަސްވަރާ ކުރެވިފައި ނުވާކަމަށްވެސް މަބްރޫކް ވިދާޅުވިއެވެ.

"އަޅުގަނޑަށް ވަރަށް ގިނަ މީހުން ގުޅާފައި މިއަދު ދެއްކި ވާހަކައެއް މާލެ ލޮކްޑައުން އަކަށް ދަނީއޭ. ފިހާރަ ތައްވެސް ބަންދޭ. ގޭގައޭ ތިބެން ޖެހެނީ. އެއީ ހަމަ ސީދާ ދޮގެއް. އެކަހަލަ ވާހަކައެއް ދެއްކިފައިވެސް ނެތް އަދި އެކަހަލަ ފިޔަވަޅެއް އެޅުމަށް ރޭވިފައިވެސް ނެތް" މަބްރޫކް ވިދާޅުވިއެވެ.

ފުލުހުންގެ ނޫސްވެރިންގެ ބައްދަލުވުމެއް މާދަމާ 10:00 ޖަހާއިރު އޮންނާނެ ކަމަށް މިރޭގެ ނޫސް ވެރިންގެ ބައްދަލުވުމުގައި މަބްރޫކް ވަނީ އިއުލާން ކޮށްފައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ